އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ މިސްރަށް ފުރާވަޑައިގެންފި އެވެ.

އިސްލާމިކް މިނިސްޓަރު ޒާހިރު މިސްރަށް ކުރައްވާ ދަތުރުފުޅަކީ މިނމަހުގެ 18 އިން 19 އަށް މިސްރުގެ ވެރިރަށް ކައިރޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓާނޭޝަނަލް ކޮންފަރެންސް އޮން ފަތުވާ އެންޑް ޗެލެންޖާޒް އޮފް ދަ ތާޑު މިލެނިއަމްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ކޮންފަރެންސްގެ މި އަހަރުގެ ތީމަކީ "ތޭވީސްވަނަ ޤަރުނުގައި ފަތުވާ އަދި ފަތުވާ ދިނުމުގައި ހުރި ގޮންޖެހުންތައް” މި މައުޟޫ އެވެ.

މި ކޮންފަރެންސްގައި މިނިސްޓަރު ޒާހިރު ވެސް ތަޤްރީރުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ކޮންފަރެންސަކީ ދުނިޔޭގެ ފަތުވާ އިދާރާއިން، ފަތުވާ ދެއްވާ މުފްތީންނާއި އިސްލާމީ މުފައްކިރުން ހިމެނޭ ގޮތަށް ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.