މި އަހަރަށް ފާސްކުރި ބަޖެޓަށް ވުރެ އިތުރަށް ހަރަދުތައް ހިނގާނެތީ ސަޕްލިމެންޓްރީ ބަޖެޓެއް މިއަދު މަޖިލީހަށް ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފައި ވަނީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި އަހަރު ފާސްކޮށްފައިވާ ބަޖެޓަށް ވުރެ އިތުރަށް ބައެއް އިދާރާތަކުން މި އަހަރުގެ މިހާތަނަށް ވެސް ވަނީ ހަރަދުކޮށްފަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މަޖިލީހަށް މިއަދުގެ ވަގުތެއްގައި ސަޕްލިމަންޓްރީ ބަޖެޓު ހުށަހެޅުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ސަރުކާރުން ސަޕްލިމަންޓްރީ ބަޖެޓެއް ހުށައެޅުމަށް ނިންމި ސަބަބުތަކުގެ ތެރޭގައި، މި އަހަރަށް ކަނޑައަޅާފައިވާ ފިއުލް ސަބްސިޑީއަށް ވުރެ އިތުރަށް ހަރަދުކުރަން ޖެހުމާއި، އާސަންދައިގެ ބަޖެޓު ހުސްވުން ހިމެނެ އެވެ. އަދި ސްޓޫޑެންޓް ލޯނާއި ހިލޭ ޑިގްރީގެ ސްކީމަށް ހަރަދުތައް އިތުރުވުން ވެސް ހިމެނެ އެވެ.
ސަޕްލިމަންޓްރީ ބަޖެޓްގެ ގޮތުގައި 5.6 ބިލިއަން ރުފިޔާ ހުށަހެޅުމަށް ވަނީ ނިންމައިފަ އެވެ. މިއާއެކު މި އަހަރުގެ ބަޖެޓްގެ ޖުމްލަ 48.4 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ވެސް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަންނަ އަހަރަށް ލަފާކުރަނީ 50.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ދެން ކިިއްކުރަން ފާސްކުރާ ބަޖެޓް އެއް. ބޭނުން ވަރަކަށް ތަޅާ ބާލަފައި ސަޕްލިމެންޱަރި ހަދާލަ