މަޝްހޫރު ވިޔަފާރިވެރިޔާ އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ދެ ބޭފުޅުން ކަމަށްވާ އިބްރާހިމް ސިޔާދު ގާސިމް އާއި މަރިޔަމް ސަމާ މާލެ މަޖީދީމަގުން ގޯއްޗެއް 9.6 މިލިއަން ރުފިޔާއަށް ބައްލަވައިގެންފި އެވެ.

ވިލާ ޝިޕިންގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާ ސިޔާދު އާއި ސަމާ މާލެއިން ބައްލަވައިގެންފައި ވަނީ މާލޭގެ ބިމުގެ އަގު އެންމެ އަގުބޮޑު އެއް ސަރަހައްދުގައި ހުންނަ 3،216 އަކަފޫޓުގެ މއ. ކަޝިސް އެވެ.

އިބްރާހިމް ސިޔާދު ގާސިމް

ސިވިލް ކޯޓުން މިދިޔަ މަހުގެ 25 ވަނަ ދުވަހު ކުރި ހުކުމްގައިވާ ގޮތުން މއ. ކަޝިޝް، އައިޝަތު އަނީސްގެ ނަމުގައިވާ އަމިއްލަ ގޯއްޗާއި ނުއުފުލޭ މުދަލާއި ގޯތީގައިވާ އިމާރާތާއި އިމާރާތުގެ މިލްކުވެރި ފަރާތުގެ މިލްކުވެރި ފަރާތަކީ މ. މާފަންނުވިލާ ސިޔާދު އާއި ސަމާ ކަމަށް ކަނޑައަޅައި ހުކުމްކުރާ ކަމަށެވެ.

މަހުޖަނު ގާސިމްގެ މާލީ ބަޔާން ރައްޔިތުންގެ މަޖިލީހުން ދާދިފަހުން ހާމަކުރިއިރު، އޭނާގެ ނަމުގައި ވެސް މާލޭގައި 8 ބިމެއް އޮވެ އެވެ.