ފަލަސްތީނު ރައްޔިތުންގެ ހިމާޔަތުގައި މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުގެ މުޖާހިދުންނަކީ "ޓެރަރިސްޓުން" ކަމަށް ސިފަކުރައްވައި އިސްރާއީލްގެ ދިފާއުގައި ވާހަކަ ދެއްކެވި ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދަށް ވަރަށް ގިނަ ދިވެހިންގެ ފާޑު ކިއުން އަމާޒު ވާން ފަށައިފިއެވެ.
ހަމާސް ކުށްވެރިކޮށް ޝަހީދު ވާހަކަ ދައްކަވާ ވީޑިއޯ މިހާރު ވަނީ މީސް މީޑިއާގައި އާންމުވެފަ އެވެ.
ޝަހީދު ވިދާޅުވެފައި ވަނީ، އިސްރާއީލުގެ ރައްޔިތުން މިހާރު ތަހައްމަލް ކުރަމުންދާނެ ހާލަތު، އަދި ވަކީން ޚާއްސަކޮށް ހަމާސްގެ ހަމަލާގައި މަރުވި މީހުންގެ އާއިލާތަކުން ތަހައްމަލް ކުރައްމުންދާ ކެކުކުޅުންތައް އޭނާއަށް ހިޔާލަށް ވެސް ނުގެނެވޭ ކަމަށެވެ.
"ހަމާސް ޓެރަރިސްޓުން ހިންގާފައިވާ، ހިޔާލަށްވެސް ނުގެނެވޭ މިކަމަކީ އެއްވެސް ހުއްޖަތެއް އޮތް ކަމެއް ނޫން. އަދި މި ޖަރީމާތަކަށް އެއްވެސް ޖާގައެއް އޮވެގެން ނުވާނެ. ދުނިޔޭގެ ލީޑަރުން މިކަން ކުށްވެރި ކޮށްފައިވާ ފަދައިން، މިއީ އެއްވެސް ޝަރުތެއް ނެތި ކުށްވެރިކުރަން ޖެހޭ ކަމެއް. އަހަރެންވެސް މި އަމަލު ކުށްވެރި ކުރަން." ޝަހީދު ވިދާޅުވި އެވެ.
ޝަހީދު ވިދާޅުވި ގޮތުގައި މިފަދަ ޖަރީމާއެއް އަމާޒުވި ސަބަބކީ ޔަހޫދީންނާ މެދު އޮތް ނަފްރަތުގެ ސަބަބުންނެވެ. އަދި ހަމާސްގެ ބެލުމުގެ ދަށުން ފަލަސްތީނުގެ ޣައްޒާ އަށް ގެންދިޔަ ހުރިހާ އެންމެންގެ ސަލާމަތަށް ދުއާ ކުރާ ކަމަށް ވެސް ޝަހީދު ވިދާޅުވި އެވެ.
"އަހަރެން ދުއާ ކުރަން އަދި އެއްވެސް ޝަރުތެއް ނެތި އެ އެންމެން ދޫކޮށްލުމަށް ގޮވާލަން،" ޝަހީދު ވިދާޅުވި އެވެ.
ޝަހީދަށް ފާޑު ކިއާ މީހުން ބުނަމުން ދަނީ އޭނާގެ ވާހަކަތައް ގަބޫލު ނުކުރެވޭ ކަމަށާއި ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް ވަމުންދާ ގޮތް ޝަހީދަށް ތަސައްވަރު ނުކުރެވޭ ކަމަށެވެ. އަދި ބައެއް މީހުން ދަނީ ޝަހީދު ރާއްޖެ އެރިޔަ ނުދިނުމަށް ވެސް ގޮވާލައިފަ އެވެ.
އިސްރާއީލްގެ އުދުވާނުގައި ފަލަސްތީނުން މިހާތަނަށް 4،385 މީހުން ޝަހީދުވެފައިވެ އެވެ. އޭގެ ތެރޭގައި 1،661 ކުޑަކުދިން ހިމެނެއެވެ. މި ހަމަލާތަކުގައި 14،000 އާ ގާތް ކުރާ އަދަދަކަށް މީހުން ޒަހަމްވި އެވެ. ހަމާސް އިން އިސްރާއީލަށް ހަމަލާދީ 1،403 މީހުން މަރާލާފައިވާ އިރު، އޭގެ ތެރެއިން 300 އަށް ވުރެ ގިނަ މީހުންނަކީ އިސްރާއީލް ސިފައިންނެވެ.
ޢޭނާއަކީ މަހިތުން އިސްލާމްދީން ގަބޫލުކުރާމީހެއް ނޫން ވަރަށް ގިނައިން އިސްލާމްދީނާ ޚިލާފް ވާހަކަ ދައްކާ މީހެއް އަދި މިހާރު އެނގިގެން އެދިޔައީ ކަނޑައެޅުގެން މުސްލިމުންގެ ޢަދުއްވެއްކަން.
ޝަހީދު އަކީ މުސްލިމުންނާ ދޭތެރޭގައި އެއްވެސް ކުލުނެއް ހުރި މީހެއްނަމަ އެކަހަލަ ވާހަކަ ދަށްކާކަށް ނުކެރޭނެ. ދެމިލިޔަން މީހުން ވަށާއިގެން ބަންދުކޮށް ބަނޑަށް ޖައްސާއި މަތިން ބޮންއަޅައި ކުށެއް ނެތް ކުޑަކުދިންނާއި އަންހެނުން މަރައި ހުސްކުރާއިރު ނުފެންނަނީބާ! ނޫނީ މަގުއޮޅުނީބާ! ދުނިޔޭގެ ދަޅަޔަށް ވިކިހުސްވީބާ!
މި ލާދީނީ ކަލޭގެ ވަނީ ހިތާއިލޯވެސް ކަނުވެފާބާ؟އަދި ކަންފަތަށް އަޑުވެސް ނީވެނީބާ؟