ގިނަ ދިވެހިންގެ މަގްބޫލުކަން ހޯދާފައިވާ ފިލްމީ ތަރި މަރިޔަމް ނިޝާގެ ހުށައެޅުންތަކެއް ގިނަ ދުވަސްތަކަކަށްފަހު ބެލުންތެރިންނާ ހަމައަށް އައިސްފި އެވެ.
މިފަހަރު ނިޝާގެ ފެނިލުން އައިސްފައި ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކްގައި އޭނާ ޕޯސްޓް ކުރަމުން އަންނަ ކުރު ވީޑިއޯތަކަކުންނެވެ.
މީގެ އަހަރުތަކެއް ކުރިން ނިޝާ ކުޅެފައިވާ ލަވަތައް "ރީކްރިއޭޓް" ކޮށް ޓިކްޓޮކްގައި ހިއްސާ ކުރަމުން އަންނައިރު އޭނާގެ ހުނަރަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެ އެވެ.
އެގޮތުން މިހާތަަނަށް ނިޝާ ވަނީ "ވައިގަދަވާން ފެށީތާއޭ" އަދި "ލޭކޮކާލާ މަލުން" ފަދަ އޭނާގެ މަޝްހޫރު ލަވަތަކުގެ ބައިތައް އަލުން ކުޅެފަ އެވެ.
މީގެ އަހަރުތަކެއް ކުރިން ފިލްމީ މަސައްކަތްތަކުން ދުރަށް ދިޔަ ނިޝާ އެނބުރި އަންނަން އުޅޭ ކަމުގެ އަޑުތައް ފެތުރުނު ނަމަވެސް އެ އަޑުތަކަށް ހަގީގީ ކުލަ މިހާތަނަށް ޖެހިފައެއް ނުވެ އެވެ.
މަރިޔަމް ނިޝާގެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ފަހުނޭވާ"، "ނާއުއްމީދު" އަދި "ޒުލޭޚާ" ފަދަ ފިލްމުތައް ހިމެނެ އެވެ. އޭނާ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައިވަނީ 2011 ވަނަ އަހަރު ނުކުތް "ސާދަ ވިލޭރޭ" އިންނެވެ.
 މާލެއިން ހިލޭ ގޯތި ދިނުމުން މެންބަރު ހުސެންބެގެ ކަންބޮޑުވުން
			މާލެއިން ހިލޭ ގޯތި ދިނުމުން މެންބަރު ހުސެންބެގެ ކަންބޮޑުވުން
		 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި
			އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި
		 ސަރުކާރުން ހުށަހެޅި ބަޖެޓަކީ އިގްތިސާދީ އަސާސްތަކާ ދުރު ބަޖެޓެއް
			ސަރުކާރުން ހުށަހެޅި ބަޖެޓަކީ އިގްތިސާދީ އަސާސްތަކާ ދުރު ބަޖެޓެއް
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					