މެޓް ލެބްލޭންކްއާއި މެތިއު ޕެރީއަކީ މަޝްހޫރު ޓީވީ ޝޯ ފްރެންޑްސްއިން ގިނަ ބައެއްގެ މަޝްހޫރުކަން ހޯދާފައިވާ ދެތަރިންނެވެ. މެތިއުގެ މަރާއެކު މެޓް ހިމެނޭހެން ފްރެންޑްސްގެ އެހެން ތަރިންގެ ބަހަކަށް ގިނަ މީހުން ދަނީ އިންތިޒާރު ކުރަމުންނެވެ.

އެންމެފަހުން ޝޯގައި މެތިއުއާ އެންމެ ގާތުން އުޅުނު އެކްޓަރު މެޓް މިވަނީ އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ. އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި މެޓް ވަނީ މެތިއުއަށް އަލްވަދާއު ކީ ބުރަ ހިތަކާއެކު ކަމަށް ބުނެފަ އެވެ.

މެޓް ބުނީ މެތިއުއާއެކު މަސައްކަތް ކުރުމަކީ އޭނާއަށް ލިބުނު ޝަރަ ގެފެއް ކަމަށާއި އެކުގައި ހޭދަކުރި ދުވަސްތައް ދުވަހަކުވެސް ހަނދާނުން ނުފިލާނެ ކަމަށެވެ.

https://www.instagram.com/p/CzohLcIRk3Y/?igshid=ODhhZWM5NmIwOQ==

މެޓްގެ އިތުރުން ފްރެންޑްސްގައި މެތިއުގެ އަންހެނުންގެ ރޯލުން ފެނިގެންދިޔަ ކޯޓްނީ ކޮކްސް ވެސް ވަނީ މެތިއުއަށް ހާއްސަކޮށް ޕޯސްޓެއް ކޮށްފަ އެވެ. ކޯޓްނީ ބުނީ މެތިއުއާއެކު މަސައްކަތް ކުރުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށާއި އަދި މަޖާވެސް ކަމެއް ކަމަށެވެ.

ފްރެންޑްސްގައި "ޗޭންޑްލާ"ގެ ރޯލުން ފެނިގެންދިޔަ މެތިއު އުމުރުން 54 އަހަރުގައި މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުން އައި ގޭގެ ބިލިގާއެއްގެ ތެރެއިން މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.

މެތިއުގެ ޖަނާޒާގައި ފްރެންޑްސްގެ މެއިން ސްޓާ ކާސްޓްގެ ހުރިހާ ތަރިން ބައިވެރިވިއިރު އެ ތަރިން ގުޅިގެން ނޫސް ބަޔާނެއް ވެސް ވަނީ ނެރެފަ އެވެ.