ތިލަފުށީ ފަޅު ހިއްކުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާތީ އެ ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމަށް އާބަންކޯއިން އަންގައިފި އެވެ.
އާބަންކޯއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ތިލަފުށީގެ އޭރިއާ އީ ހިއްކުމުގެ މަސައްކަތް އަންނަ މަހު 18 ގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ވަށައިގެން ހުރި ބިންތަކުގައި އުޅަނދުތައް މަރާމާތުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އާބަންކޯއިން ބުނެފައިވެ އެވެ. އެ ސަރަހައްދުގައި ހުރި ހުރިހާ އުޅަނދެއް ހަތް ދުވަހުގެ ތެރޭގައި ނެގުމަށް އެ ކުންފުނިން ވަނީ އަންގާފަ އެވެ.
ދީފައިވާ މުއްދަތުގެ ތެރޭގައި އުޅަނދުތައް ނުނަގައިފިނަމަ އެ ކުންފުނީގެ އުސޫލުގެ ދަށުން އަމަލު ކުރާނެކަމަށް އާބަންކޯއިން ބުނެފައިވެ އެވެ.
އާބަންކޯއިން ބުނީ ތިލަފުށީގެ މާސްޓާ ޕްލޭނާ އެއްގޮތަށް ތިލަފުށި ތަރައްގީ ކުރުމަކީ ރާއްޖޭގެ އިގްތިސާދާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް ކަމަށެވެ. އެހެންވެ، މާސްޓާ ޕްލޭނާ އެއްގޮތަށް، ހިއްކަން ޖެހޭ ތަންތަން އަވަސް މުއްދަތެއްގެ ތެރޭގައި ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ހާމަކުރެ އެވެ.
ޔަމާލްގެ ޖާޒީ ކިޓުގައި އިތުރު ދެ ގައުމެއްގެ ދިދަ، ސަބަބަކީ ކޮބާ؟
ކޮފީއިން ފުރަމޭގެ ބަލިތައް ދުރު ކޮށްދޭ: ދިރާސާ
ގަދަފަދަ ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލް ދެމިގެންފި