ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީންގެ އެންގެވުމަށް ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާ ގުޅިގެން އޭނާ އެ ޕާޓީން ވަކިކުރަން ޕީޕީއެމްގެ ސުލޫކީ ކޮމެޓީން ނިންމައިފި އެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ މަލީހް ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވީ ޕީޕީއެމްގެ ރައީސް ޔާމީން އުފެއްދެވި ސްޓިއަރިން ކޮމެޓީ އިއުލާން ކުރުމަށެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި މަލީހު ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާއާ މެދު ފިޔަވަޅު އެޅުމަށް ޕީޕީއެމްގެ ދެ ނައިބު ރައީސުން ކަމަށްވާ، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އަދި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވަނީ ގޮވާލައްވައިފަ އެވެ. އަދި އެ މައްސަލަ ވަނީ ޕާޓީގެ ސުލޫކީ ކޮމެޓީއަށް ހުށަހަޅައިފަ އެވެ.
މަލީހުގެ މައްސަލަ ބެލުމަށް މިއަދު އެ ކޮމިޓީއަށް ހާޒިރުވާން އޭނާއަށް އަންގާފައި އޮތް ނަމަވެސް މަލީހު ކޮމިޓީއަށް ހާޒިރެއް ނުވެ އެވެ. އެހެން ނަމަވެސް ކޮމެޓީ ބައްދަލުވުން ބާއްވާ މަލީހު ވަކި ކުރަން ނިންމީ ކޮމިޓީގެ މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.
މަލީހު ވަކިކުރަން ނިންމުމާ ގުޅިގެން އޭނާ ވިދާޅުވީ ސުލޫކީ ކޮމެޓީން އޭނާ ވަކިކުރަން ނިންމީ ގަވާއިދާ ޚިލާފަށް ކަމަށެވެ.
ޗެނަލް13 ސާވާތައް ހެކްކޮށްފި
ޓްރަމްޕްގެ ޝަރުތުތައް ފުރިހަމަނުވުމުން އެއްބަސްވުމަކަށް ނާދެވުނު
މާ އަވަހަށް ބަރުދަން ލުއިވުމުގެ ނުރައްކާ ވަރަށް ބޮޑު!
