ޔަންގޫން (1 ފެބްރުއަރީ) - ސިފައިން ގެނައި ބަޣާވާތާ ދެކޮޅަށް ރައްޔިތުން ނުކުތުމަށް މިޔަންމާގެ އަސްކަރިއްޔާއިން ހައްޔަރުކޮށްފައިވާ ސްޓޭޓް ކައުންސެލަރު އާންގް ސަން ސޫކީ މިއަދު ގޮވާލައްވައިފި އެވެ.
އަންގް ސަން ސޫ ކީ ގެ ޕާޓީ ނޭޝަނަލް ލީގް ފޯ ޑިމޮކްރަސީގެ ވެރިފައިކޮށްފައިވާ ފޭސްބުކް އެކައުންޓަކުން ކޮށްފައިވާ ފޯސްޓެއްގައި ސޫ ކީއާ ހަވާލާދީ އެ ގައުމުގެ ރައްޔިތުންނަށް ގޮވާލާފައިވަނީ އަސްކަރިއްޔާއިން މަސައްކަތްކުރަނީ އެ ގައުމުގައި ކުރިން އޮތްގޮތަށް އަސްކަރީ ވެރިކަމެއް ކުރުމަށް ކަމަށާއި، ރައްޔިތުން މިކަމަށް ނޫނެކޭ ބުނެ އަސްކަރިއްޔާއާ ދެކޮޅަށް ނިކުތުމަށް ގޮވާލާ ކަމަށެވެ.
ރޮއިޓާސް އިންގޮތުގައި ފޭސްބުކްގެ މި ޕޭޖަކީ އެ ޕާޓީން އިންތިހާބުގައި ބޭނުންކޮށްފައިވާ ޕޭޖެކެވެ. އަދި މި ޕޯސްޓް ކޮށްފައިވަނީ އަސްކަރިއްޔާއިން ބަޣާވާތެއް ގެނެސް އިސްވެރިން ހައްޔަރުކުރުމުގެ ކުރިންނެވެ.
މި ސްޓޭޓްމަންޓް އަކީ އެ ޕާޓީގެ ޗެއާމަން ވިން ހެޓެއިން އަތުލިޔުމުން ލިޔެ ކޮށްފައިވާ ސްޓޭޓްމަންޓެކެވެ. އަދި މި ސްޓޭޓްމަންޓްގައި މިއީ ރައްޔަތުންނަށް އަންގައިދިނުމަށް ސޫކީ އެދިލެއްވި ވާހަކަ ކަމަށް ޗެއާމަން ވަނީ ވިދާޅުވެފަ އެވެ. - ސްޓްރެއިޓް ޓައިމްސް
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 5 އިންސައްތަ ދަށަށް ހިނގައްޖެ
އެމްއޭސީއެލުން 1.6 ބިލިއަން ރުފިޔާގެ ލޯނު ސަރުކާރަށް
ވޯލްޑްކަޕް ބަލަން އެމެރިކާއަށް ދިއުމަށް ހުރަސްތަކެއް
