އެންގޭޖްމަންޓް ފޮޓޯ ނެންގެވުމަށް ޕްރިންސަސް ޑަޔާނާ ތުރުކުރެއްވި ޓޮޕް ނީލަން ކިޔުމަށް ނިންމައިފި އެވެ.
ފިޔާތޮށި ކުލައިގެ މި ހެދުމަކީ ޑޭވިޑް އަދި އެލިޒަބެތް އިމެނުއެލް 1981 ވަނަ އަހަރުގައި ފަރުމާކުރި ހެދުމެކެވެ. މި ހެދުމަކީ ޑަޔާނާ އާއި ޗާލްސްގެ އެންގޭޖްމަންޓް ހަފްލާގައި ބޭނުން ކުރެއްވި ހެދުމެވެ. މި ދެ ޑިޒައިނަރުން ވަނީ ޑަޔާނާއާއި ޗާލްސްގެ ކައިވެންޏަށް ޑަޔާނާ ތުރުކުރެއްވި ހެދުންވެސް ފަރުމާކޮށްފަ އެވެ.
މި ހެދުން ނީލަމަށް ލާފައިވަނީ ޖޫލީސް އޯކްޝަންސްއިންނެވެ. އޭގެ އަގަކަށް ކަނޑައަޅާފައިވަނީ 80،000 އާއި 100،000 ޑޮލަރާއި ދެމެދުގެ އަދަދެކެވެ. 2019 ވަނަ އަހަރު މި ހެދުން ވަނީ ކެންސިންގްޓަން ޕެލެސްގައި ބޭއްވި "ޑަޔާނާ: ހާރ ފެޝަން ސްޓޯރީ"ގެ ނަމުގައި ބޭއްވި މައުރަޒުގައި ދައްކާލާފައެވެ.
ނިމިދިޔަ މަހުގައި ނީލަމަށް ކިޔާފައިވާ ޑަޔާނާގެ ޓޮޕެއްވެސް ވަނީ ރިކޯޑް އަދަދަކަށް ވިކިފަ އެވެ. އެއީ 1.1 މިލިއަން ޑޮލަރަށެވެ. އެ ޓޮޕް ވިކޭނެ ކަމަށް ލަފާކުރެވުނު އަގަކީ 50،000 ޑޮލަރާއި 80،000 ޑޮލަރާއި ދެމެދުގެ އަގެކެވެ.