އަށާވީސް ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ގެ ހަވާސާގައި، އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސް ތިން ވަނައާ ރައީސް މުހައްމަދު މުއިއްޒާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދުގައިވާ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ.
މިގޮތުން، ރައީސް ވަނީ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތައް ކުޑަކުރުމަށާއި، ތިމާވެށި ހިމާޔަތްކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު އިނގިރޭސިވިލާތުގެ ރަސްގެފާނާ ހިއްސާކުރައްވައިފަ އެވެ. އަދި، އިނގިރޭސިވިލާތުގެ ރަސްގެފާނު ވަނީ ތިމާވެށީގެ ކަންކަމުގައި ރާއްޖެއަށް އިނގިރޭސިވިލާތުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގައި ވިދާޅުވެފަ އެވެ.
ކޮޕް28 ބައްދަލުވުމުގައި މިއަދު ރައީސް މުއިއްޒު ތަޤުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ ރައީސްގެ މަގާމާ ހަވާލުވެވަޑައިގަތް ފަހުން އެމަނިކުފާނު މިފަދައިން ތަޤްރީރު ކުރައްވާ ފުރަތަމަ ފަހަރެވެ.
އައްޑުއަށް ވަގަށް ސިނގިރޭޓު އެތެރެކުރި މައްސަލަ ތަހުގީގު ކުރަނީ
ސްޓެމް ސެލް ތެރަޕީއާއެކު ބޭސްފަރުވާގެ މުސްތަގުބަލް އޮތީ ކިހިނެއް؟
ކާށި ތެލުން ފައިދާ ލިބެނީ ހަމައެކަނި އިސްތަށިގަނޑަކަށް ނޫން!