މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަހުމަދު ޝަރީފު މިއަދު އައްޔަން ކުރައްވައިފި އެވެ.
ޕޮލިސް ބޯޑްގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ޝަރީފް މިހާތަނަށް ހުންނެވީ މާލެ ސިޓީ ކައުންސިލްގެ ސީނިއާ ކައުންސިލް އެގްޒެކެޓިވް މަގާމުގަ އެވެ.
އެމްއެސްއެސްގެ ފުރަތަމަ މެނޭޖިން ޑިރެކްޓަރަކީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް އެންމެ ފަހުން ހުންނެވި އަބްދުﷲ ސައީދެވެ.
މޯލްޑިވްސް ސްޓޭޓް ޝިޕިން އުފައްދާފައި ވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.
އެ ކުންފުނި އުފެއްދީ ރާއްޖޭގައި ކުރިން އޮތް ޝިޕިން ލައިން އަލުން ދިރުވައި ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށެވެ. އެމްއެސްއެސް ހިންގަމުން އަންނަތާ ތިން އަހަރުވީ އިރު ކުންފުނީގެ އާމްދަނީ އަންނަނީ ވަރަށް ބޮޑަށް ފުޅާކުރަމުންނެވެ.
ހިމަބިހީގެ ކޭސްތައް ދަށަށް: ނިމުނު ހަފުތާގައި ފެނުނީ ފަސް ކޭސް
އެމެރިކާއިން އީރާނުގެ ދެ ބޯޓަކަށް ހަމަލާދީ ސުންނާފަތިކޮށްލައިފި
ގްރޭޓާ މާލެ ޓްރާންސްޕޯޓު މޮބިލިޓީ އޮފީހުގެ ވެރިއަކަށް މާނިއު