ސްޓާ ޕްލަސް އިން ގެނެސްދޭ އެންމެ ދުވަސްވީ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އިން އެކްޓިން އަށް ނުކުމެ އެ ސިލްސިލާގެ އަކްޝަރާގެ ރޯލުން ވިދައިލި ބަތަލާ ހީނާ ޚާން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދީފި އެވެ.

ބަތަލާ ހީނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދީފައިވަނީ މާ ބޮޑަށް ހުންގަދަވެގެންނެވެ.

ހީނާ ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދިން ވާހަކަ ހިއްސާކޮށްފަ އެވެ.

ނަމަވެސް މިހާރު ހާލަތު ރަނގަޅުވަމުން އަންނަ ކަމަށާއި ފޭނުން އޭނައާ މެދު ކަންބޮޑުނުވުމަށް ހީނާ އެދިފައިވެ އެވެ.

ހީނާ ޚާން އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ޕޯސްޓެއް

މިހާރު ބޮލީވުޑްގެ ފިލްމުތަކުގައި މަސައްކަތްކުރާ ހީނާ އަކީ އިންޑިއާގެ ސެލެބްރިޓީންގެ ތެރެއިން އެންމެ ގިނައިން ރާއްޖެ އަންނަ ފަންނާނެ އެވެ. އެގޮތުން2018 ވަނަ އަހަރުން ފެށިގެން ރާއްޖެ އަށް އަހަރަކު ދެ ފަހަރުހެން ހީނާ އާދެ އެވެ. އޭނާ ރާއްޖެ އައިސް ނަގާ ފޮޓޯތަކަށް ވަރަށް ބޮޑު ސަމާލުކަމެއް އަބަދުވެސް ލިބެ އެވެ.

ހީނާ ޚާން އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ޕޯސްޓެއް

އެކެކެވެ. އޭނަ އަކީ ކަލާސް ޓީވީއިން ދައްކާ މަޝްހޫރު ރިއަލިޓީ ޝޯ ކަމަށްވާ "ބިގް ބޮސް 11 " އާއި "ހަތުރޯން ކޭ ކިލާޅީ" ގައި ވެސް ވާދަކޮށްފައިވާ ފަންނާނެކެވެ.

ހީނާ ވަނީ ސްޓާ ޕްލަސް އިން 2020 ގައި ގެނެސްދިން "ކަސީޓީ ޒިންދަގީ ކީ" ގެ ދެވަނަ ސީޒަންގައި ދުވަސްތަކެއް ވަންދެން އޭގެ ނެގަޓިވް ރޯލު ކޮމޮލިކާގެ ރޯލު ވެސް ކުޅެފަ އެވެ. ހީނާގެ ފުރަތަމަ ބޮލީވުޑްގެ ފިލްމަކީ ޑައިރެކްޓަރު ވިކްރަމް ބަޓް 2021 ގައި ގެނެސްދިން ސައިކޮލޮޖިކަލް ތުރިލާ "ހެކްޑް" އެވެ.