ބޮލީވުޑްގެ އެހެން އެއްވެސް ތަރިއަކަށް މިހާތަނަށް ލިބިފައިނުވާ ޝަރަފެއް އެކްޓަރު، ވިކީ ކޯޝަލް އަށް ލިބިއްޖެ އެވެ.
2012 ވަނަ އަހަރު ފިލްމީ ދާއިރާއަށް ނުކުތް ވިކީ ވަނީ ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނާ ހިސާބަށް ގެނެސްދީފަ އެވެ. އަދި ވިކީ އަކީ ސޯޝަލް މީޑިއަގައިވެސް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ ފަންނާނެކެވެ.
އިންސްޓަގްރާމްގެ ރަސްމީ އެކައުންޓުން 665 މިލިއަން ފޮލޯވަރުން ތިބިއިރު، އެ އެކައުންޓުން ފޮލޯކުރާ 84 ފަރާތެއް ތިބިއިރު މީގެ ތެރޭގައި ވިކީ ވަނީ ހިމެނިގެން ގޮސްފަ އެވެ. މިއީ އިންސްޓަގްރާމްގެ އޮފިޝަލް ހޭންޑްލް ބޮލީވުޑްގެ އެކްޓަރެއް ފޮލޯ ކުރި ފުރަތަމަ ފަހަރެވެ. މިޝަރަފު ލިބިގެން މިދިޔައީ ވިކީ އަށެވެ.
އިންސްޓަގްރާމްގައި 16.7 މިލިއަން ފޭން ބޭސްއެއް ވިކީ އެބަ އޮތެވެ.
ވިކީ އާއި ސާރާ އަލީ ޚާން އެކުގައި ފެނިގެން ދިޔަ ރޮމޭންޓިކް ކޮމެޑީ "ޒާރާ ހަޓްކޭ ޒާރާ ބަޗްކޭ" ފިލްމަކީވެސް ކާމިޔާބު ފިލްމުތަކުގެ ތެރޭ ހިމެނޭ ފިލްމެކެވެ. އަދި މިފިލްމަކީވެސް ބޮކްސް އޮފީހުގައިވެސް ކާމިޔާބު ފިލްމެކެވެ.
މީގެ އިތުރުން ވިކީ "ދަ ގްރޭޓް އިންޑިއަން ފެމިލީ" ގައި ދެއްކި އެކްޓިން އަށް ގިނަ ބަޔަކު ތައުރީފު ވަނީ ކޮށްފަ އެވެ. މިދިޔަ އަހަރުގެ ވިކީގެ އެންމެ ކާމިޔާބު އެއް ފިލްމަކީ މެގްނާ ގުލްޒާރު ޑައިރެކްޓްކުރި ބައޮޕިކް "ސޭމް ބަހާދުރު" މިފިލްމެވެ.
މިއަހަރު ވިކީ ފެނިގެންދާނެ ފިލްމުތަކުގެ ތެރޭގައި އަނަންދު ޓިވާރީ ޑައިރެކްޓްކުރާ ރޮމޭންޓިކް ކޮމެޑީ "މެރެ މެހްބޫބް މެރޭ ސަނަމް" ހިމެނެ އެވެ.