މި އަހަރު ރާއްޖެ އަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިއަކަށް، އިނގިރޭސިވިލާތު މީހަކު ވެއްޖެ އެވެ.

ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މަރުހަބާކީ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލްގެ އިތުރުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރުސީ) ގެ އިސްވެރިންނެވެ.

އާ އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަކީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ބަންޖަމިން ޑަންކަން މޫރޭ އެވެ.

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔަނީ

މިދިއަ އަހަރު ރާއްޖެ އަށް 1.8 މިލިއަން ޓޫރިސްޓުން ޒިޔާރަތްކުރި އެވެ. މިދިޔަ އަހަރަކީ ރާއްޖެއަށް މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އަހަރެވެ.

މިދިޔަ އަހަރުގެ މިހާތަނަށް ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ރަޝިއާއިންނެވެ. އެ ގައުމުން ދެ ލައްކަ ޓޫރިސްޓުން އައި އިރު ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައި އިންޑިއާއިން ވަނީ 199،000 ޓޫރިސްޓުން އައިސްފަ އެވެ. އަދި ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައި ޗައިނާއިން މި އަހަރުގެ މިހާތަނަށް 183،000 ޓޫރިސްޓުން އައިސްފައިވެ އެވެ.

އާ މާކެޓުތަކަށް އަމާޒުކޮށްގެން ޓޫރިޒަމް ޕްރޮމޯޝަންތައް ހިންގައިގެން، މިއަހަރު ދެ މިލިއަން ޓޫރިސްޓުން ގެންނަން ސަރުކާރުން ވަނީ އަމާޒު ކަނޑައަޅާފަ އެވެ.