އެމިރޭޓްްސްއަކީ ދުނިޔޭގައި ވެސް އެންމެ ފެންވަރު ރަނގަޅު ވައިގެ ހިދުމަތް ދޭ ކުންފުންޏެވެ. އެ އެއާލައިންގެ ކޯލް ސައިންގެ ގޮތުގައި ބޭނުން ކުރެވޭ "އީކޭ" އެއީ ކިހިނެއް ދެވުނު ނަމެއްތޯ ގިނަ ބަޔަކު ސުވާލު ކުރެ އެވެ.

އެމިރޭޓްސް އެންމެ ފުރަތަމަ އުފެއްދިގެން އައީ އޭރުގެ ފަސް ތަރީގެ އެއާލައިންއެއް ކަމަށްވާ ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންގެ އެހީއާއެކުގަ އެވެ.

އެ އެއާލައިންގެ އެންމެ ފުރަތަމަ ފްލައިޓް ކަމަށްވާ އީކޭ 600 1985 ވަނަ އަހަރުގެ އޮކްޓޯބަރު 25 ވަނަ ދުވަހު ބޭއްވުނީ ދުބާއީއިން ޕާކިސްތާނުގެ ކަރާޗީއަށެވެ.އެ ފްލައިޓްގެ ޕައިލެޓްކަން ކުރި ފަޒްލް ޣަނީ މިއާންއަކީ ވެސް ޕާކިސްތާނުގެ ރައްޔިތެކެވެ.

އެހެންކަމުން އީކޭގެ ނަން ދެވުނީ ޕާކިސްތާނަށް ނިސްބަތްކޮށެވެ. "އީ" އަކުރު އެމިރޭޓްސް ދޭހަކޮށްދޭއިރު "ކޭ" އަކުރު ދޭހަކޮށްދެނީ ކަރާޗީ އެވެ.

މިގޮތުގެ މަތިން ފެށުނު އެމިރެޓްސް ދުނިޔޭގެ ގަދަ 5 އެއާލައިންގެ ތެރޭގައި މިހާރު ހިމެނޭއިރު ޕާކިސްތާނު އިންޓަނޭޝަނަލް އެއާލައިންސްއަކީ މިހާރު އެހާ މަގުބޫލު ނަމެއް ނޫނެވެ.