ބޮމެއް އޮތް ކަމަށް ބުނެ ހދ. ހަނިމާދޫ އެއާޕޯޓު ތެރޭގައި ބިރު ދެއްކި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ، ހަނިމާދޫ އެއާޕޯޓަށް ފުރަން ގޮސް ހުރި ދިވެހި ފިރިހެނަކު، ބޮމެއް އޮތް ކަމަށް ބުނެ ބިރު ދެއްކި މައްސަލައިގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ނަމަވެސް، އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
އެއާޕޯޓުގައި ހުރެ ސަމާސައަކަށް ނަމަވެސް، އެފަދަ ނުރައްކާތެރި ހަތިޔާރެއް ނުވަތަ ގޮވާއެއްޗެއް އޮތްކަމަށް ބުނުމުން މީގެކުރިން ވެސް މީހުން ހައްޔަރުކޮށްފައި އެބަހުއްޓެވެ. މިއީ ބައިނަލްއަގުވާމީ ވައިގެދަތުރުފަތުރުގައި މިހާރު ގެންގުޅޭ މިންގަނޑުތަކުގެ ދަށުން ބޮޑެތި އަދަބުތަކެއް ވެސް ކަނޑައެޅިފައިވާ ކަމެކެވެ.
ދަންވަރު ކާ ހިތްވުން: ސްޓްރެސްއާއި މެޓަބޮލިޒަމްގެ އަސަރު!
ރާއްޖެއަށް އެތެރެކުރަން އުޅުނު ޑްރަގްތަކެއް އަތުލައިގެންފި
ފުރަތަމަ ހަ މަހު ބީއެމްއެލްގެ ޖުމްލަ އާމްދަނީ އަކީ 3.2 ބިލިއަން