ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ)ގެ އައިފިލްމްސް ޕްރޮޑަކްޝަނުން އުފައްދާ ތިންވަނަ ފިލްމު "ކަންބަޅި" މިރޭ އޮލިމްޕަހުގއި ރިލީޒްކުރެވިގެންދާނެ އެވެ. އެއާ އެކު ފިލްމުގެ ފައިނަލް އަދި މެއިން ޕޯސްޓަރު އަދި ލަވައެއްވެސް ބެލުންތެރިންނަށް ވަނީ ދޫކޮށްލާފަ އެވެ.

މި ޕޯސްޓަރުން ފިލްމުގެ މައިގަނޑު ތީމަށް އަލިއަޅުވާލާއިރު ފިލްމުގެ ލީޑް އެކްޓަރުން އެކުގައި ފެނިގެން ދެ އެވެ. އެއީ ނުޒުހަތު ޝުއައިބާއި ޝަރަފު އަބްދުﷲ އާއި ވާޝިޔާ މުހައްމަދާއި އިފްނާޒް ފިރާގުގެ އިތުރުން ފިލްމުގައި މުހިއްމު ރޯލެއް ކުޅޭ ކުޑަކުއްޖާ ސާރާ އެވެ.

"ކަންބަޅި" އަކީ އިލްޔާސް ވަހީދު (އިއްލެ) ލިޔެ، އޭނަ އާއި ފިލްމުގެ ރޯލެއް ވެސް ކުޅެފައިވާ އިފްނާޒް ގުޅިގެން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

މެއިން ޕޯސްޓަރުގެ އިތުރުން މިފިލްމުގައި ހިމެނިގެންދާ ލަވައެއްވެސް ނެރެފަ އެވެ. މަރިޔަމް ސަލްވާ ކިޔާފައިވާ 'އާދޭ ދާން' އިން ފިލްމުގެ ލީޑް ތަރި ނުޒުހަތު ޝުއެއިބު އާއި ރަވީ ފާރޫގު އަދި މި ފިލްމުން އަލަށް ދާއިރާއަށް ތައާރަފުވާ 6 އަހަރުގެ ސާރާ ބިންތު މުހައްމަދު ފާރިގް ފެނެ އެވެ.

https://www.youtube.com/watch?v=8dNeU7wpjFk&t=2s

ފިލްމުގައި ދައްކަނީ ސިންގަލް މަންމަ އަކާއި އޭނާގެ ދަރިފުޅު އާ އެޕާޓްމަންޓަކަށް ބަދަލުވުމާ އެކު ކުރިމަަތިވާ އާދަޔާހިލާފު ބިރުވެރި ބައެއް ކަންކަމެވެ. ދެމައިންނަށް ދިމާވާ މި ކަންކަމުގެ ހަގީގަތް ހޯދަން މަންމަ މަސައްކަތް ކުރެ އެވެ. ބިރުވެރި ކަންކަން ދިމާވަނީ އެޕާޓްމަންޓްގެ ސަބަބުންތޯ، ނުވަތަ ކުއްޖާއާ އަވަލައިގެން އުޅޭ އެއްޗެއްގެ ސަބަބުންތޯ، ނުވަތަ އެއަށް ވުރެ ވެސް ބިރުވެރި އެހެން ކަމެއް އުޅެނީތޯ ހޯދަން އުޅެ އެވެ.

އައި ފިލްމްސްގެ "ކަންބަޅި" އަކީ ކީ މި އަހަރު އޮލިމްޕަހަށް އަންނަ ދެވަނަ ފިލްމެވެ. މިހާރު ސިނަމާގައި އޮތީ މި މަހުގެ 6 އިން ފެށިގެން ދައްކަމުން އަންނަ ލޯބީގެ ފިލްމު "މީ އިޝްގް" އެވެ.