ރާއްޖެ އަށް މިވަގުތަށް އެންމެ ބޮޑަށް ބޭނުންވާ ކަންކަމުގައި އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ޕާކިސްތާނުން ދީފައިވާ ކަމަށް ދިވެހިން ސަރުކާރުން މިއަދު ބުނެފި އެވެ.
ޕާކިސްތާނުން އެ ޔަގީން ކަން ދީފައި ވަނީ އެ ގައުމުގެ 8 ވަނަ ކެއާޓޭކަރ ބޮޑުވަޒީރު އަންވާރުލް ހައްގު ކަކަރް އާ އެކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި މަޝްވަރާތަކުގަ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މި މަޝްވަރާތަކުގައި ރާއްޖެ އާއި ޕާކިސްތާނާ ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ. އޭގެ ތެރޭގައި ރާއްޖެ އިން އެންމެ އިސްކަން ދޭ ކަންމާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އިރު، ބައިނަލްއަގުވާމީ މަސްރަހުގައި ދެ ގައުމުން އިސްކަންދޭ މައްސަލަތަކުގައި އެއްބާރުލުން އިތުރު ކުރުމާ ގުޅޭ ގޮތުން ވެސް ރައީސް އާއި ޕާކިސްތާނުގެ ބޮޑުވަޒީރު ވާހަކަފުޅު ދެއްކެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ކުރެއްވި މަޝްވަރާގައި، އެފަދަ ކަންކަމުގައި ރާއްޖެއަށް އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވި އެވެ.
ރާއްޖެއިން ޕާކިސްތާނާއެކު ސިޔާސީ ގުޅުން ގާއިމްކޮށްފައި ވަނީ ޖުލައި 26، 1966 ގަ އެވެ.
 ހޮލީވުޑްގެ ޕްރޮޑިއުސަރެއް 146 އަަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި
			ހޮލީވުޑްގެ ޕްރޮޑިއުސަރެއް 146 އަަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި
		 މީޑިއާތަކަށް ފައިސާ ދިނުން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށްފި
			މީޑިއާތަކަށް ފައިސާ ދިނުން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށްފި
		 ޕީއެސް5 ޕްރޯއެއް ހޯދުމުގެ ފުރުސަތު ދިރާގުން ހުޅުވައިލައިފި
			ޕީއެސް5 ޕްރޯއެއް ހޯދުމުގެ ފުރުސަތު ދިރާގުން ހުޅުވައިލައިފި
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					 
					