"މުރުމުރު" އަކީ މިހާރު ދިވެހިން މެދުގައި މަގުބޫލު ލުއި ކާނާއެކެވެ. މިއީ ށ. މާއުނގޫދޫއިން ރާއްޖެއަށް ތައާރަފުވި ދިވެހި ވަންތަ ލުއިކާނާއެކެވެ. މިއީ މީގެ 13 ވަރަކަށް އަހަރު ކުރިން މާއުނގޫދު، އަޒީމާ އަބްދުއްސަމަދު ތައްޔާރުކުރަން ފެށި ލުއިކާނާއެކެވެ.

މިހާރު ގިނަ ބައެއްގެ ތެރޭގައި މަގުބޫލުކަން ހޯދާފައިވާ "މުރުމުރު" ހެދުމުގެ މަސައްކަތް ފެށުނު ގޮތާމެދު އަޒީމާ ބުނީ މިއީ އަޒުމަ ބެލުމުގެ ގޮތުން ފެށި މަސައްކަތްތެއް ކަމަށެވެ. އެއީ ކުދި ކުޅަ ހެދުމުގެ ބަދަލުގައި ތަފާތު އެއްޗެއް ހެދުމުގެ މަގުސަދުގައި ހަދަން ފެށި ލުއި ކާނާއެއް ކަމަށް އަޒީމާ ބުންޏެވެ.

މާއުނގޫދޫގައި ތައްޔާރުކުރާ ލުއިކާނާ "މުރުމުރު" ތައްޔާރުކުރަނީ ... ފޮޓޯ: ޒުވާން މަސްވެރިޔާ

އަޒީމާ ބުނި ގޮތުގައި މިލުއި ކާނާއަށް އެންމެ ފުރަތަމަ ކީ ނަމަކީ " ރިހާ ޗިޕް" ކަމަށެވެ. އެހެން ނަމަވެސް ދިވެހި ނަމަކަން ނުވާތީ ފަހުން މިއަށް ނަން ކިޔާފައި އެވަނީ މި ލުއިކާނާ އަނގަޔަށްލައި ހަފާލުމުން އިވިގެންދާ އަޑަށް ނިސްބަތްކޮށް ކަމަށް އަޒީމާ ބުންޏެވެ. އެގޮތުން މީގެ 13 އަހަރު ކުރިން އަޒީމާ ލުއި ކާނާއަށް ކީ "މުރުމުރު" މިވަނީ މުޅި ރާއްޖޭގައި މަޝްހޫރުވެފަ އެވެ.

މާއުނގޫދޫގައި ތައްޔާރުކުރާ ލުއިކާނާ "މުރުމުރު" ތައްޔާރުކުރަނީ ... ފޮޓޯ: ޒުވާން މަސްވެރިޔާ

އަޒީމާގެ އިތުރުން މާއުނގޫދޫގައި މިހާރު "މުރުމުރު" ހަދާ ގިނަ ބަޔަކު އުޅެކެވެ. އަދި މިކަމުން ރަގަޅު އާމްދަނީއެއް ލިބިގެންދެ އެވެ.

"މުރުމުރު" އަކީ ރައްޓެހިންނަށް ހަދިޔާއެއްގެ ގޮތުގައި ފޮނުވުމަށާއި، އަދި ފިލްމުބެލުމާއި ޑްރާމާތައް ބަލާއިރު ހަފާލަން ވެސް ހަމަ އެއްވަނައިގެ ލުއިކާނާއެކެވެ.

މާއުނގޫދޫގައި ތައްޔާރުކުރާ ލުއިކާނާ "މުރުމުރު" ތައްޔާރުކުރަނީ ... ފޮޓޯ: ޒުވާން މަސްވެރިޔާ

މުރުމުރު ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި

  • ފުށް
  • ތެޔޮ
  • ލޮނު
  • ކުޅި ރިހާކުރު
  • ހިކަދިފަތް

އެންމެ ފުރަތަމަ ރޮށި ހިފަން މޮޑޭ ގޮތަށް ފުށް ގަނޑު މޮޑެލާފައި ރޮށި ކުޑަކޮށް ހިފެލާނީ އެވެ. އެއަށްފަހު އެމީހަކު ބޭނުންވާ ސައިޒަށް ރޮށި ކަފާނީ އެވެ. ކުޑަކޮށްވެސް ބޮޑެތި ކޮށްވެސް ރޮށި ކެފިދާނެ އެވެ. އެއަށްފަހު ކުޅިކޮށްފައި ހުރި ރިހާކުރު ކަހާފައިހުރި ރޮށިތަކާ އެއް ކޮށްލާނީ އެވެ. މިހާރު މިއޮތީ "މުރުމުރު" ތައްޔާރުކޮށްލެވިފަ އެވެ.

https://www.facebook.com/ZuvaanMasveriya/videos/1528055411372062