ޔޫރަޕުގެ އެންމެ ބޮޑު ކްލަބް ފުޓުބޯޅަ މުބާރާތް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖް ނިމި މިހާރު ޓީމުތައް މިވަނީ ގަދަ 16 ގެ މެޗުތަކާ ކުރިމަތިލާން ތައްޔާރުވެފަ އެވެ. ގަދަ 16ގެ ފުރަތަމަ ލެގުގެ މެޗުތައް ފެބްރުއަރީ 14،15 އަދި 21 ،22 ވަނަ ދުވަހު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. މި ހުރިހާ މެޗެއް ސޮނީ ސްޕޯރޓްސް ޓެންގެ ޗެނަލްތައް މެދުވެރިކޮށް މީޑިއާނެޓް ކަސްޓަމަރުންނަށް ވަގުތުން ބަލާލެވޭނެ އެވެ. އެހެން އަހަރުތަކެކޭ އެއްފަދައިން ދުނިޔޭގެ އެންމެ ބޮޑު ޓީމުތައް މިވަނީ މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފަ އެވެ.

14 ފެބްރުއަރީ (ބުދަ)

މި ދުވަހު ދެ މަޗެއް ކުޅެވޭނެ އެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަ ސިޓީ އަދި ވަރުގަދަ މެންޗެސްޓާ ޔުނައިޓެޑް ފަދަ ޓީމުތައް ފަހަތައް ޖައްސާލުމަށްފަހު ގަދަ 16 އަށް ދަތުރުކުރި އެފްސީ ކޯޕަންހޭގަން އެވެ. މި މެޗު ފަށާނީ 1:00ގަ އެވެ އަދި މެޗު ފެންނާނީ ސޮނީ ސްޕޯޓްސް ޓެން 1 އެޗްޑީ (ޗެނަލް 881) އިންނެވެ.

ދެވަނަ މެޗުގައި ކުޅޭނީ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ރިއަލް މެޑްރިޑް އަދި ޖަރުމަނުގެ އާރް ބީ ލެއިޕްޒެގް އެވެ. މި މެޗު ފަށާނީ 1:00ގަ އެވެ. އަދި މެޗު ފެންނާނީ ސޮނީ ސްޕޯޓްސް ޓެން 2 އެޗްޑީ (ޗެނަލް 892) އިންނެވެ.

15 ފެބްރުއަރީ (ބުރާސްފަތި)

ފްރާންސްގެ ވަރުގަދަ ކްލަބް ޕީއެސްޖީ 15 ވަނަ ދުވަހުގެ ރޭ 1:00ގައި ނިކުންނާނީ ސްޕެއިންގެ ރިއަލް ސޮސިއެޑާޑްއާއި ދެކޮޅަށެވެ. ރިއަލް ސޮސިއެޑާޑިން އަންނަނީ ލީގުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެހެންކަމުން މި މެޗު ޕީއެސްޖީއަށް ފަސޭހައެއް ނުވާނެ އެވެ. މި މެޗު ވަގުތުން ފެންނާނީ ސޮނީ ސްޕޯޓްސް ޓެން 1 އެޗްޑީ (ޗެނަލް 881) އިންނެވެ.

15 ވަނަ ދުވަހުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ޖަރުމަނުގެ ފުޓުބޯޅައިގެ ރަސްކަންކުރަމުންދާ ބަޔާން މިއުނިކް އަދި އިޓަލީގެ ލާޒިއޯ އެވެ. ލާޒިއޯ ގަދަ16 އަށް ދަތުރުކުރީ ގްރޫޕް އީގެ ދެވަނަ ޓީމުގޮތުގަ އެވެ އަދި ބަޔާން މިއުނިކް ގްރޫޕް އޭގެ އެއްވަނަ ޓީމު ގޮތުގަ އެވެ. މި މެޗު ވަގުތުން ފެންނާނީ ސޮނީ ސްޕޯޓްސް ޓެން 2 އެޗްޑީ (ޗެނަލް 892) އިން 1:00 ގަ އެވެ.

21 ފެބްރުއަރީ (ބުދަ)

މި ދުވަހުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ނެދަލޭންޑްސް ލީގުގެ އެއްވަނައިގައި ބޮޑު ތަފާތަކާއެކު އޮތް ޕީއެސްވީ އަދި މިއަހަރުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް އޮފް ޑެތްކަމުގައި ބެލެވުނު ގްރޫޕް އެފްގެ އެއްވަނަ ހޯދި ޖަރުމަނުގެ ކްލަބް ޑޯޓްމަންޑް އެވެ. ޑޯޓްމަންޑް މި ގްރޫޕުން އެއްވަނަ ހޯދީ ޕީ އެސް ޖީ، އޭސީ މިލާން އަދި ނިއުކާސަލް ޔުނައިޓެޑް ފަހަތައް ޖައްސާލުމަށްފަހު އެވެ. މި މެޗު ފަށާނީ 1:00ގަ އެވެ އަދި މެޗު ފެންނާނީ ސޮނީ ސްޕޯޓްސް ޓެން 1 އެޗްޑީ (ޗެނަލް 881) އިންނެވެ.

މިރޭގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ އިޓަލީގެ އިންޓަ މިލާން އަދި ސްޕެއިންގެ އެޓްލެޓިކޯ މެޑްރިޑް އެވެ. އެޓްލެޓިކޯ އިންވަނީ ގްރޫޕް އީގެ އެއްވަނަ ހޯދާފަ އެވެ. އިންޓަ މިލާން ޕޮއިންޓް އިން އެއްވަރުވެގެން ދިޔައީ ގްރޫޕް ޑީގެ ދެވަނައަށެވެ. މި މެޗު ވަގުތުން ފެންނާނީ ސޮނީ ސްޕޯޓްސް ޓެން 2 އެޗްޑީ (ޗެނަލް 892) އިން 1:00 ގަ އެވެ.

22 ފެބްރުއަރީ (ބުރާސްފަތި)

މިމަހުގެ 22 ވަނަ ދުވަހުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އިނގިރޭސި ޓީމް އާސެނަލް އަދި ޕޯޗުގަލްގެ ޕޯޓޯ އެވެ. އާސެނަލް ވަނީ ގްރޫޕް ބީގެ އެއްވަނަ ހޯދާފަ އެވެ. ޕޯރޓޯއަށް ލިބުނީ ގްރޫޕް އެޗްގެ ދެވަނަ އެވެ. ރަނގަޅު ފޯމެއްގައި އޮތް މި ދެޓީމު ބައްދަލުކުރާ މެޗު ފަށާނީ 1:00ގަ އެވެ އަދި މެޗު ފެންނާނީ ސޮނީ ސްޕޯޓްސް ޓެން 1 އެޗްޑީ (ޗެނަލް 881) އިންނެވެ.

ބުރާސްފަތި ދުވަހުގެ ދެވަނަ މެޗުގައި ވާދަކުރާނީ މުބާރާތުގެ އެންމެ ކާމިޔާބު އެއްޓީމު ސްޕެއިންގެ ބާސެލޯނާ އަދި އިޓަލީގެ އެންމެ ފަހުގެ ޗެމްޕިއަނުން ނަޕޯލީ އެވެ. ބާސެލޯނާއިން ވަނީ ގްރޫޕް އެޗްގެ އެއްވަނަ ހޯދާފަ އެވެ. ނަޕޯލީއަށް ލިބުނީ ގްރޫޕް ސީގެ ދެވަނަ އެވެ. މި މެޗު ވަގުތުން ފެންނާނީ ސޮނީ ސްޕޯޓްސް ޓެން 2 އެޗްޑީ (ޗެނަލް 892) އިން 1:00 ގަ އެވެ.

މި މެޗުތަކަށްފަހު މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ކުއާޓަ ފައިނަލަށް ދަތުރުކުރާ ޓީމުތައް އެނގިގެންދާނެ އެވެ. މި ހުރިހާ މެޗެއް ވަގުތުން ދިވެހިންނާއި ހަމައަށް ގެނެސްދިނުމަށް މީޑިއާނެޓުން އަންނަނީ ބުރަ މަސައްކަތެއް ކުރަމުންނެވެ. ޗެމްޕިއަންސް ލީގުގެ އިތުރުން ދުނިޔޭގެ އެންމެ ބޮޑު 4 ފުޓުބޯޅަ ލީގުގެ މެޗުތައް މީޑިއާނެޓުން އަންނަނީ ދިވެހިންނާ ހަމައަށް ގެނެސްދެމުންނެވެ.