ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ އެކައުންޓްތައް ފްރީޒްކޮށްފި އެވެ.

ޖާބިރުގެ އެކައުންޓައް ފްރީޒްކޮށްފައި ވަނީ އަމިއްލަ ފަރާތަކުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދަރަނީގެ މައްސަލައަކާ ގުޅިގެންނެވެ.

އެ ފަރާތުން ކޯޓަށް މައްސަލަ ހުށަހެޅީ ޖާބިރު ނުދީވާ ހަ ލައްކަ ޑޮލަރު ހޯދުމަށް ގުޅުމުން ހަޑިހުތުރު އެއްޗިހި ކިޔައި އެ ފައިސާ ނުދޭނެ ކަމަށް ޖާބިރު ބުނެފައިވާ ކަމަށެވެ.

ސިވިލް ކޯޓުން އަމުރުކޮށްފައި ވަނީ ޖާބިރުގެ ނަމުގައި ރާއްޖޭގެ ހުރިހާ ބޭންކުތަކެއްގައި އެކައުންޓެއް ހުޅުވާފައިވާނަމަ، އެ އެކައުންޓެއް ފްރީޒްކުރުމަށެވެ.

އެކައުންޓްތައް ފްރީޒް ނުކޮށްފިނަމަ، އެ ކައުންޓްތަކުގައިވާ ފައިސާ އެހެން އެކައުންޓަކަށް ޖަމާކޮށް އެ ފައިސާ ޓްރޭސް ނުކުރެވޭނެ ގޮތް ހެދުމުގެ ފުރުސަތު އެބައޮތް ކަމަށް އެ އަމުރުގައިވެ އެވެ.

ޖާބިރުގެ އެކައުންޓްގެ އިތުރުން އޭނާގެ ހިއްސާ އޮންނަ ދެ ކުންފުންޏެއް އެކައުންޓްތައް ވެސް ފްރީޒްކުރަން ވަނީ އަމުރުކޮށްފަ އެވެ.