ވޫހަން (10 ފެބްރުއަރީ) - ކޮވިޑާ ގުޅިގެން ފޯރުކޮށްދޭ އެމެރިކާގެ އިންޓެލިޖެންސް މައުލޫމާތުތަކަށް ބުރަނުވުމަށް ޑަބްލިއުއެޗްއޯގެ މެމްބަރަކު ވިދާޅުވެއްޖެ އެވެ.

އެންމެ ފުރަތަމަ ކޮވިޑް ފެތުރުނުގޮތުގެ ދިރާސާތަކެއް ހެދުމަށް ޗައިނާއިން ހުއްދަ ދިނުމާއެކު ޗައިނާގެ ވޫހާންގެ ލެބޯރަޓަރީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަށްފަހު ޑަބްލިއުއެޗްއޯގެ އެކްސްޕާޓުންގެ ފަރާތުން ޕީޓާ ޑަސްޒެކް ވިދާޅުވި ގޮތުގައި ކޮރޯނާ ވައިރަސްއާ ގުޅިގެން އެމެރިކާއިން ފޯރުކޮށްދީފައި ވަނީ މުޅިން ރަނގަޅު މައުލޫމާތެއް ނޫނެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި ޓްރަމްޕް ވެރިކަމުގައި ވެސް އިންޓެލިޖެންސް މައުލޫތުތަކަށް ބަރޯސާވުމުން ނުހަނު ބޮޑެތި ގެއްލުންވި ކަމަށާއި، އެކަން އެގޮތަށް ތަކުރާރު ނުކުރުމަށް ރައީސް ބައިޑެން އަށް ވެސް ގޮވާލާފައިވެ އެވެ.

ޑަސްޒެކް ވިދާޅުވީ ކޮރޯނާ ވައިރަސް ޗައިނާގެ ލެބޯޓަރީއަކުން ލީކްވި ކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް ހަގީގަތެއް ނެތް ކަމަށާއި އެފަދަ ކަމެއް ދިމާވުމަކީ ވަރަށް ނާދިރުކަމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި މިއީ ސިޔާސީ ބޭނުމަކަށް ކުރެވިފައިވާ ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ.

ޑަބްލިއުއެޗްއޯގެ އޮފިޝަލުގެ ވާހަކަތައް އަމާޒުވެފައި ވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ރިޕޯޓެއްގެ މައްޗަށެވެ.

ސްޓޭޓް ޑީޕާޓްމަންޓުން ވަނީ ޗައިނާ އިން އެގައުމުގެ ކޮވިޑް ހާލަތާއި ގުޅޭ އެންމެ ސައްހަ މައުލޫމާތު ޑަބްލިއުއެޗްއޯ ގެ އޮފިޝަލުންނަށް ނުދޭކަމަށް ތުހުމަތުކޮށްފަ އެވެ.

ޑަބްލިއުއެޗްއޯގެ އޮފިޝަލުން ވަނީ ކޮވިޑް ފެތުރުނީ ލެބޯޓަރީ ޓެސްޓްތަކެއްގެ ސަބަބުން ބުނާ ތިއަރީ އަކި ގޯސް ތިއަރީއެއް ކަމަށް ބުނެފަ އެވެ. އަދި އޭގެ ބަދަލުގައި ޗައިނާއިން ތުހުމަތުކުރާ ގޮތަށް ކޮވިޑް ފެތުރިފައި ވަނީ ގަނޑުކުރި ކާނާގެ ބާވަތުން ކަމަށްވުން ވަރަށް ގާތްކަމަށް ވަނީ ނިންމާފަ އެވެ.