އިލްޔާސް ވަހީދު (އިއްލެ) ލިޔެ، ޑައިރެކްޓު ކޮށްފައިވާ 'ނީނާ' މި މަހު އަށް ވަނަ ދުވަހު މީޑިއާނެޓްގެ ވީޑިއޯ ކްލަބުން ޕްރިމިއާކުރުމަށް ނިންމައިފި އެވެ.

މިމަހުގެ އަށް ވަނަ ދުވަހު "ނީނާ" ޑިޖިޓަލްކޮށް ޕްރިމިއާ ކުރުމަށް ނިންމާފައިވާއިރު މިފިލްމަކީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ހަ ވަނަ ދުވަހު އޮލިމްޕަހުގައި ރިލީޒްކޮށްފައިވާ ފިލްމެކެވެ.

މި ފިލްމަކީ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ގެ ދެވަނަ ޑައިރެކްޝަނެވެ. "ނީނާ" ގެ ޓައިޓްލް ރޯލު ކުޅުނީ އޭނަގެ އަލަތު ފިލްމު 2019 ގެ "ބަވަތި" ގެ ވެސް ބަތަލާ ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ.

"ނީނާ" ގެ ކާސްޓުގެ ގޮތުގައި ފެނިގެންދަނީ ނުޒުހަތު ޝުއައިބް، ޝަރަފް ޢަބްދުﷲ، މަރިޔަމް ލަތީފާ، ނަތާޝާ ޖަލީލް، އަލީ ޔޫޝާއު، ހަމްދާން ފާރޫޤް، އިބްރާހިމް ޝާރިފް، ހަސަން ސާމިހް، ހަސަން ސިނާން، ހަސަން، ހަސަން ޒައިދް، އައިޝާ އަލީ، އަލީ އިނާޒް، ޝަކީލާ އަދި އާދަމް ރިޒްވީ އެވެ.

ފިލްމީ އުދަރެހުގައި މިހާރު ފިޔަޖަހަމުން އަންނަ ގިނަ ތަރިންތަކެއް ފެނިގެންދާ "ނީނާ" އަކީ ރާއްޖޭގައި މީގެ ކުރިން އާންމުކޮށް ނުފެންނަ ބާވަތުގެ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

އައި ފިލްމްސްގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 1 އިން ފެށިގެން އޮލިމްޕަހުގައި ދައްކަމުން އަންނަ ބިރުވެރި ފިލްމު "ކަންބަޅި" އެވެ.