ގައުމީ އެއާލައިން މޯލްޑިވިއަން އިން ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ޓްރެވިންޑްރަމްއަށް ކުރަމުންދިޔަ ދަތުރުތައް އަލުން ފަށަން ނިންމައިފި އެވެ.
މޯލްޑިވިއަނުން މީގެކުރިން ކުރަމުން އައި އެ ދަތުރުތައް މެދުކަނޑައިލީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ތަރައްގީގެ މަޝްރޫއު ފެށުމުންނެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހަނިމާދޫން ޓްރެވިންޑްރަމްއަށް ދަތުރުތައް ފަށާނީ އަންނަ މަހުގެ 12ގައި ކަމަށެވެ.
އެ ކުންފުނިން ބުނީ މިއީ ރާއްޖޭގެ އުތުރު ބައިނަލްއަގުވާމީ މަންޒިލްތަކާ ގުޅުވާލުމަށް ކުރާ މަސައްކަތުގެ ދަށުން ފަށާ ދަތުރެއް ކަމަށެވެ.
ޓްރިވެންޑްރަމަކީ ބޭސްފަރުވާ އާއި ވިޔަފާރީގެ ބޭނުންތަކަށް ދިވެހީން ގިނައިން ދަތުރުކުރާ މަންޒިލެކެވެ.
އައިލެންޑްއޭވިއޭޝަނުން ބުނީ ހަނިމާދޫ-ޓްރެވިންޑްރަމް ދަތުރުތަކުގެ ޓިކެޓު ބުކް ކުރަން މިއަދުން ފެށިގެން ހުޅުވާލާނެ ކަމަށެވެ. މި ދަތުުރުތައް ކުރާނީ މޯލްޑިވިއަންގެ ޑޭޝް 8ގެ މަތިންދާބޯޓުގަ އެވެ.
ދަތުރު އޮންނާނީ؛ ހަފްތާއަކު ދެ ދުވަހު އެވެ. އެއީ ހޯމަ އާއި ހުކުރު ދުވަހު އެވެ.
ލަވައެއްގެ މައްސަލާގައި ނޯރާއަށް އިންޒާރެއް!
ފިނި ކޮށްގެން ފެން ބުއިމަކީ އެންމެ ސަޅި ގޮތެއް ނޫން!
މި ސިފަތައް ފެންނަ ރަހުމަތްތެރިންނާ އަވަހަށް ދުރުވޭ!
