ބައި މިލިއަން ރުފިޔާގެ ސްކޭމްއަކާ ގުޅިގެން މާފުށީ ޖަލުގައި ހިންގި އޮޕަރޭޝަނެއްގައި 22 މޯބައިލް ފޯނު އަތުލައިގެންފި އެވެ.
ފުލުހުން ބުނީ އެ އިދާރާއަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން މިމަހުގެ ހަ ވަނަ ދުވަހު މާފުށީ ޖަލުގައި ހިންގި އޮޕަރޭޝަނެއްގައި މޯބައިލް ފޯނުތަކަކާއި އެހެނިހެން ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މިއޮޕަރޭޝަންއަކީ މަކަރާއި ހީލަތުން ފަސްލައްކަ ރުފިޔާ އަތުލާފައިވާ މައްސަލައަކާއި އިތުރު މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށްވެސް ފުލުހުން ބުނެ އެވެ.
މި އޮޕަރޭޝަނުގައި، މާފުށި ޖަލުގެ ބައެއް ގޮޅިތައް ބަލައިފާސްކޮށް 22 މޯބައިލް ފޯނު، 10 ޗާޖަރު، 10 ހެޑްސެޓް/އެއާޕޮޑް، ދެ ސިމްކާޑު އަދި މޯބައިލް ފޯނުގެ ބައިތަކެއްގެ އިތުރުން މައްސަލައާ ގުޅުންހުރި އިތުރު ހެކި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެ އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
އިންޑިއާގެ މަޝްހޫރު ފައްޅިއެއް ގަންގާކޯރަށް އަޑިއަށް ހިނގައްޖެ
ހުޅުމާލެއިން ނުއަގުގައި މީހަކަށް ބިމެއް ވިއްކި މައްސަލައެއް
ރީ-ރަޖިސްޓްރީ ނުކުރާ ނޫސް މަޖައްލާތަކުގެ ރަޖިސްޓްރީ ބާތިލްކުރަނީ
