އެމެރިކާގެ 11 ކުދިންގެ މުނި މާމައެއްގެ 25 ވަނަ އުފަން ދުވަސް ފާހަގަ ކޮށްފި އެވެ.

އޮކްލޮހޯމާ ސިޓީއަށް ނިސްބަތްވާ މޭރީ ފޯރްސްތް އުފަން ވެފައި ވަނީ 1924 ގެ ފެބްރުއަރީ 29 ގަ އެވެ.

ފެބްރުއަރީ 29 އަންނަނީ ކޮންމެ ހަތަރު އަރަކުން އެއް އަހަރުކަމުން، މިއަހަރަކީ އެ ތާރީޚް ދިމާވި 25 ވަނަ އަހަރެވެ.

މޭރީ ބުނާ ގޮތުގައި އޭނާއަކީ ވަރަށް ނަސީބު ގަދަ މީހެކެވެ. އަދި މިހެން ދިމާވުމުން އެކަމާ އޭނާ ވަރަށް އުފާކުރެ އެވެ.

ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްތައް ވެސް ދެކެފައިވާ މޭރީއަށް ދެކުދިން ލިބިފައިވެ އެވެ. އަދި މާމަ ކިޔާ ފަސް ކުދިން ތިބެ އެވެ. އުމުރުން 25 އަހަރު ފުރުން ފާހަގަ ކުރި ނަމަވެސް މޭރީގެ އަސްލު އުމުރަކީ 100 އަހަރެވެ.