މިއަދު މި ގެނެސްދެނީ ގިނަ ބަޔަކަށް ކަމުދާ ބީފްގެ ކެއުމެކެވެ. ތައްޔާރު ކޮށްލަން ފަސޭހަ މި ކެއުމަކީ ތިޔަ ބޭފުޅުންނަށް ކަމުދާނެ ކެއުމެއް ކަމަށް އުއްމީދު ކުރަމެވެ.

ބޭނުންވާ ތަކެތި

  • 500 ގްރާމް ގެރި މަސް (2 އިންޗި ހުންނަވަރަށް ކިއުބްކޮށް ކޮށާފައި)
  • 2 ސައިސަމުސާ އިނގުރު (ގާާނާފައި)
  • 2 ސައިސަމުސާ ލޮނުމެދު (ގާނާފައި)
  • 2 ސައިސަމުސާ މިރުސް (ކުދިކޮށް ކޮށާފައި)
  • 2 ސައިސަމުސާ ތެޔޮ
  • 3 ސައިސަމުސާ ޓޯމާޓޯ ސޯސް
  • 4 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް
  • ރަހަލާވަރަށް ލޮނު
  • 50 ގްރާމް ފިޔާ (ކުދިކޮށް ކޮށާފައި)
  • 30 ގްރާމް ޓޮމާޓޯ (ކުދިކޮށް ކޮށާފައި)
  • 200 ގްރާމް ކަންކުން ފަތް (5 އިންޗި އަށް ބުރިކޮށްފައި)

ތައްޔާރުކުރާނެ ގޮތް

  1. ތަވައެއްގައި ތެޔޮފޮދު ހޫނުކޮށްލައި، އެއަށް އިނގުރުކޮޅާއި ލޮނުމެދުކޮޅު އަޅައި މުށިކުލަ އަރަންދެން ރަތްކޮށްލާށެވެ. ދެން ފިޔާ އަޅާށެވެ.
  2. އެއަށްފަހު ކަންކުން ފަތްކޮޅު އަޅައި ފަސް މިނެޓް ވަންދެން މަޑު ގިނީގައި ކައްކާށެވެ. (ކަންކުން ފަތުގެ ފެހިކުލަ ނުކެނޑޭވަރަށް ކެއްކުން މުހިންމެވެ.
  3. ދެން ބާކީ ހުރި ތަކެތި އަޅައި ރަނގަޅަށް އެއްކޮށްލައި އިތުރު ތިން މިނެޓު ކައްކާލާށެވެ.
  4. އެއަށްފަހު ގެރިމަސްކޮޅު އަޅައި މަޑު ގިނީގައި ރޯފިލުވާށެވެ. ގާތްގަނޑަށް 15 ވަރަކަށް މިނެޓުން ކެކޭނެ އެވެ.
  5. އެއަށްފަހު އުނދުން ނިވާލައި އުނދުނުގެ ހޫނުގައި ދެ މިނެޓް ވަންދެން ކައްކާށެވެ.

މި ކެއުމަކީ އާއިލާގެ އެންމެންނަށް ވެސް ކަމުދާނެ ކެއުމެކެވެ. ރޮށި ނުވަތަ ބަތާއެކު އިންސާފު ކޮށްލަން ހަމަ އެއްވަނަ އެވެ.