ހޮލީވުޑްގެ މަޝްހޫރު ބަތަލާ ޑަކޯޓާ ޖޯންސަން އާއި މަޝްހޫރު ރޮކް ލަވަކިޔުންތެރިޔާ މެޝިން ގަން ކެލީ (އެމްޖީކޭ) ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ އަޑުތަކެއް ހޮލީވުޑްގައި ބާރަށް ފެތުރެން ފަށައިފި އެވެ.
ރިޕޯޓްތައް ބުނާގޮތުން، ލޯބީގެ ގޮތުން އެކުގައި އުޅޭކަމަށް ވާހަކަ ދެކެވެމުންދާ މި ދެ ތަރިން ވަނީ ނިއުޔޯކް ސިޓީގައި އެކުގައި ވަގުތުތަކެއް ހޭދަކޮށްފަ އެވެ.
އެއާއެކު މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ މިލްކުވެރިކަމުގައި އޮންނަ ޓްރިބިކާ ސަރަޙައްދުގައި ހުންނަ އެޕާޓްމަންޓަކަށް މި ދެމީހުން އެކުގައި ވަންނަނކޮށް ކެމެރާއަށް އަރާފައިވެ އެވެ.
މީގެ ކުރިން މިއަހަރުގެ ކުރީކޮޅު ޓްރެވިސް ކެލްސީގެ ކައިވެނީގެ ހަފްލާއިންވެސް މި ދެމީހުން ބައްދަލު ވެފައިވާކަން ފާހަގަ ކުރެވެ އެވެ.
ނަމަވެސް، މި ވާހަކަތަކާ ގުޅޭގޮތުން ޑަކޯޓާ އަދި އެމް.ޖީ.ކޭ ވެސް އަދި މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
މި ދެތަރިންގެ ލޯބީގެ ހަޔާތަށް ބަލާއިރު، ޑަކޯޓާ ވަނީ މަޝްހޫރު ބޭންޑް "ކޯލްޑްޕްލޭ"ގެ ލީޑް ލަވަކިޔުންތެރިޔާ ކްރިސް މާޓިންއާ އެކު ގިނަ އަހަރުތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު، 2025 ވަނަ އަހަރު އެ ގުޅުން ނިމުމަކަށް ގެނެސްފަ އެވެ.
އޭގެ ފަހުން ލަވަކިޔުންތެރިޔާ "ރޯލް މޮޑެލް" (ޓަކަރ ޕިލްސްބަރީ)އާ ވެސް ގުޅުން އޮތް ނަމަވެސް 2026 ވަނަ އަހަރުގެ މެދުތެރޭގައި އެ ގުޅުން ވެސް ވަނީ ނިމިފަ އެވެ.
އެމްޖީކޭ ވަނީ ބަތަލާ މެގަން ފޮކްސްއާއެކު އޮތް ގުޅުން 2024 ނޮވެމްބަރު މަހު މުޅިން ނިމުމަކަށް ގެނެސްފަ އެވެ. އެ ދެމީހުންނަށް 2025 ވަނަ އަހަރުގެ މާޗު މަހު ކުއްޖަކު ލިބިފައިވާއިރު، މިހާރު އެމީހުން ދަނީ އެ ކުއްޖާގެ ކަންކަން އެކުގައި ބަލަހައްޓަމުންނެވެ.
މި ދެ ތަރިންގެ މި ބައްދަލުވުމަކީ ހަމައެކަނި އެކުވެރިކަމެއްގެ ގޮތުން ބައްދަލުވުމެއް ކަމެއް، ނުވަތަ ލޯބީގެ ގޮތުން އުޅޭކަން އަދި ސާފުވެފައިނުވި ނަމަވެސް، ހޮލީވުޑްގެ މީޑިއާތަކާއި ސަޕޯޓަރުންގެ ސަމާލުކަމަށް މިކަން ވަނީ އައިސްފަ އެވެ.
ހަމަ ނިދި ނުލިބޭނަމަ ކެންސަރަށް މަގުފަހި ވޭތަ؟
ވަޅީގެ ހަމަލާއިން އަދިވެސް އަރައިނުގަނެވޭ ކަމަށް ސައިފް ބުނެފި
އެމްޑީޕީ ވެރިކަމެއްގައި ކައުންސިލް ބްލޮކް ގްރާންޓް ބޮޑުކުރަނީ