ރޭގަނޑުގެ ނިދިން ހޭލެވި މާ ގިނައިން ފާހާނާއަށް ދާންޖެހުމަކީ އާންމުކޮށް އުމުރުން ދުވަސްވުމުން ދިމާވާ ކަމެއްގެ ގޮތުގައި ގިނަ މީހުން ދެކުނު ނަމަވެސް، މިއީ ސިއްޙީ މައްސަލައެއްގެ އަލާމާތަކަށް ވެދާނެ ކަމަށް ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރުން އިންޒާރު ދީފި އެވެ.
ލަކްނައުގެ މެކްސް ސުޕަ ސްޕެޝަލިޓީ ހޮސްޕިޓަލުގެ ޔޫރޮލޮޖީ ޑިޕާރަޓްމަންޓްގެ ހެޑް، ޑރ. އާދިތުޔާ ކޭ ޝަރްމާ ވިދާޅުވި ގޮތުގައި، ފިރިހެނުންގެ މެދުގައި ރޭގަނޑު ގިނައިން ކުޑަކަމުދާން ޖެހުމަކީ ޕްރޮސްޓޭޓް ގްލޭންޑް ބޮޑުވުމާ ގުޅިފައިވާ ކަމަކަށް ވެދާނެ އެވެ.
ފިރިހެނުންގެ ޢުމުރުން ދުވަސްވާ ވަރަކަށް ޕްރޮސްޓޭޓް ގްލޭންޑްގެ ސައިޒު ބޮޑުވަމުންދެ އެވެ. މިއީ އާންމުކޮށް ކެންސަރުގެ ނުރައްކަލެއް ނެތް ހާލަތެއް ކަމުގައި ވީ ނަމަވެސް، މީގެ ސަބަބުން ކުޑަކަމުދާ ހޮޅިއަށް ބާރުބޮޑުވެ، ކުޑަކަމުދާ ނިޒާމަށް ބުރަކުރެ އެވެ.
ޑޮކްޓަރު ވިދާޅުވި ގޮތުގައި، ބޮޑުވެފައިވާ ޕްރޮސްޓޭޓެއްގެ ސަބަބުން ކުޑަކަމުދާ ހޮޅި ބަންދުވެ، މަސާނާ ހުސް ކުރުމަށް މަސާނާ މާ ބޮޑަށް މަސައްކަތް ކުރަން ޖެހެ އެވެ.
މިކަމުގެ ސަބަބުން ރޭގަނޑުގެ ވަގުތުތަކުގައި ފެން ނުވަތަ ދިޔާ ތަކެތި މާ ގިނައިން ނުބުއި ކަމުގައި ވިޔަސް، ގިނަ ފަހަރަށް ފާހާނާއަށް ދާންޖެހޭ ގޮތް މެދުވެރިވެ އެވެ.
ޕްރޮސްޓޭޓް މައްސަލަތަކުގެ އިތުރުން ރޭގަނޑު ގިނައިން ކުޑަކަމުދާން ޖެހުމަށް މެދުވެރިވެދާނެ އެހެނިހެން ސަބަބުތަކުގެ ތެރޭގައި:
- އިރުއޮއްސުނު ފަހުން މާ ގިނައިން ދިޔާތަކެތި، ކެފެއިން ނުވަތަ ބަނގުރާ ބުއިން.
- މަސާނާގެ މައްސަލަތައް (އޯވައެކްޓިވް ބްލެޑާ).
- ކުޑަކަމުދާ ނިޒާމުގައި އިންފެކްޝަން އުފެދުން (ޔޫ.ޓީ.އައި).
- ހަކުރުބަލި (ޑައިބީޓީސް).
- ބައެއް ކަހަލަ ބޭސް ބޭނުން ކުރުން.
- ނިދި ނުލިބުމުގެ މައްސަލަތައް.
ރޭގަނޑު ގިނައިން ހޭލެވޭނަމަ، އަދި ކުޑަކަމުދާއިރު ދިލަނެގުން ނުވަތަ ތަދުވުން ނުވަތަ މަސާނާ މުޅިން ހުސްނުވާހެން ހީވާނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ޑޮކްޓަރުން އިރުޝާދުދެ އެވެ.
އެމްޑީޕީ ވެރިކަމެއްގައި ކައުންސިލް ބްލޮކް ގްރާންޓް ބޮޑުކުރަނީ
މުއިއްޒު ބޭނުންވާ ގޮތަށް ވޯޓު ދޭން ގިނަ ބަޔަކު ގެންނަނީ
އަގު ބޮޑެތި ތަކެތި ވަގަށް ނެގި ދެ މީހަކު މާމެންދޫން ހައްޔަރު