މިފަހަރު މިއޮތީ އަނެއްކާވެސް ކުކުޅުގެ ބާވަތެކެވެ. އަވަހަށް ތައްޔާރު ކޮށްލެވޭ އަނގައަށް މީރު މި ކެއުމުގެ އަޖުމަ ބަލާލުން ކިހިނެއް ވާނެ ހެއްޔެވެ؟

ބޭނުންވާ ތަކެތި

  • 1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
  • 1 މޭޒުމަތީ ސަމުސާ ސްވީޓް ޕެޕްރިކާ
  • 500 ގ ކުކުޅު (3 އިންޗި ބޮޑުމިނަށް ކޮށާފައި)
  • 2 މޭޒުމަތީ ސަމުސާ ޒުވާރީ ފުށް
  • 2 މޭޒުމަތީ ސަމުސާ ލުނބޯހުތް
  • 3/2 ޖޯޑު ކުކުޅު ސުރުވާ
  • 2 މޭޒުމަތީ ސަމުސާ މަސްޓަޑް ސީޑްސް
  • 2/1 ޖޯޑު ޗިކް ޕިއާސް
  • 2 މޭޒުމަތީ ސަމުސާ ކުކިން ކްރީމް
  • 2 މޭޒުމަތީ ސަމުސާ މާމުއި

ތައްޔާރު ކުރާނެ ގޮތް

  1. ތަށްޓެއްގައި ތެލާއި ޕެޕްރިކާ އެއްކޮށްލުމަށްފަހު ކުކުޅު ކޮޅުގައި ރަނގަޅަށް އުނގުޅާލާށެވެ. ތަވައެއް މެދު ގިނީގައި ހޫނު ކުރުމަށްފަހު އޭގެ މަތީގައި ކުކުޅު ކޮޅު ރޯފިލުވާށެވެ. ބޭނުންވާ ވަރަށް ރޯފިލުމުން ކުކުޅުތަކުގެ ކައިރިއަށް މަޑު ރަންކުލައެއް އަރާނެ އެވެ.
  2. ތެއްޔަކަށް ޒުވާރީ ފުށާއި ލުނބޯތުތާއި މާމުއި އަދި ކުކުޅު ސުރުވާ ކޮޅު އެޅުމަށްފަހު މަޑު ގިނީގައި އެއްކުރަމުން ހާކާށެވެ. ތިން މިނެޓަށްފަހު ކުކުޅުކޮޅު އަޅާ ކައްކާށެވެ. އަދި 10 މިނެޓުވުމުން ޗިކް ޕިއާސް އަދި ކުކިން ކުރީމް އެޅުމަށްފަހު އިތުރު ފަސް މިނެޓު މަޑު ގިނީގައި ކައްކާށެވެ.
  3. ކުކުޅު ކޮޅު ރަނގަޅަށް އޮލަވުމުން އުނދުން މަތިން ބާލާށެވެ.

ރޮށި ނުވަތަ ބަތާއެކު ސައިޑް ޑިޝްއެއްގެ ގޮތުގައި މިކެއުން ރަނގަޅުވާނެ އެވެ. މިއީ ހުރިހާ ބޭފުޅުންނަށް ވެސް ކަމުދާނެ ކެއުމަކަށް ވާނެ ކަމަށް އުއްމީދު ކުރަމެވެ.