1950 އިން ފެށިގެން ދުނިޔޭގެ ނިސްބަތުން ދަރިމައިވާ މިންވަރު ދަށްވެ، ކަންބޮޑުވާ ހާލަތަކަށް ވެއްޓިފައިވާ ކަމަށް އެމެރިކާގައި ހެދި ދިރާސާތަކަކުން ދައްކައިފި އެވެ.
މިއީ މުޅި ދުނިޔޭގައި ވެސް އާއިލާ ރޭވުމަށް ދެވިފައިވާ އަހަމިއްޔަތުކަން ކުޑަވުމުގެ ސަބަބުންނާއި ގައުމުތަކުގެ އިގްތިސާދު ކުރިއަރާފައިވާ މިންވަރުގެ ސަބަބުން ދިމާވަމުންދާ ކަމެއް ކަމަށް ކަމާބޭ މާހިރުން ލަފާކުރެ އެވެ.
މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވާ ޑރ. ކްރިސްޓޮފާ ވިދާޅުވާ ގޮތުގަ މިކަން ދިމާވަނީ އަންހެނުންނަށް ކިޔެވުމުގެ ފުރުސަތާއި ވަޒީފާގެ ފުރުސަތު އިތުރުވުމާއި ދޭތެރެ ދުރުކުރުމުގެ ވަސީލަތްތައް ފަސޭހައިން ލިބުމާއި، ދަރިމައިވުމުގެ ސިއްހަތަށް އަހުލުވެރިވެފައިވާ މިންވަރު އިތުރުވުމުންނެވެ. މިބަދަލު ބޮޑަށް ފާހަގަކުރެވިފައި ވަނީ ކުރިއަރާފައިވާ ގައުމުތަކުގަ އެވެ.
އޭގެ ސަބަބުން އެގައުމުތަކުގައި އުމުރުން ދުވަސްވީ މީހުންގެ ނިސްބަތް އިތުރުވެ، މަސައްކަތް ކުރާނެ މީހުންގެ އާބާދީ ދަށްވެފައިވެ އެވެ. އިގްތިސާދީ ގޮތުން ދަށް، ވަސީލަތްތައް މަދު އެފްރިކާގެ ފަގީރު ގައުމުތަކުގައި ކުދިން ލިބޭ މިންވަރު އިތުރުވެފައިވީ ނަމަވެސް މިފަދަ ގައުމުތަކަށް ކުރިމަތިވެފައިވާ ބިރަކީ ކުދިން ލިބޭ މިންވަރުގެ ސަބަބުން ކާބޯތަކެއްޗާއި، ފެނާއި އެހެނިހެން ވަސީލަތްތައް ލިބުން ދަތިވުމެވެ.
"ކޮކްޓެއިލް 2"ގެ ޓްރެއިލާއަށް އެމެރިކާގައި ވެސް ބޮޑު ތަރުހީބެއް!
ރައީސް މުއިއްޒު އެ ހުންނެވީ ރަނގަޅަށް ބަލިވެފައި: ނަޝީދު
ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އާރިފް ހަމަޖައްސައިފި