ފިޔާތަކުގެ ތެރޭގައި ގަސް ފަޅާފައި ހުންނަ ފިޔާ ފެނުމަކީ ވަރަށް އާންމު ކަމެކެވެ. އެފަދަ ވަގުތެއްގައި ހިތާހިތުން ކުރެވޭނެ ސުވާލަކީ ފިޔާ ގަސްފެޅުމަށް ފަހު ބޭނުން ކުރުން އެންމެ ރަނގަޅުވާނެ ބާވަ އެވެ.

ކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުގައި އެގޮތަށް ގަސް ފަޅާފަހުންނަ ފިޔާއަކީ ކާން ބޭނުންކުރެވޭނެ އަދި ޚާއްސަކޮށް ފެހިކުލާގައިވާ ޅަ ތަނޑިއަކީ އެހާމެ ފައިދާހުރި އެއްޗެއްކަމެވެ.

ފިޔާއިން ނުކުންނަ ޅަތަނޑިއަކީ ކުދިކޮށް ކޮށާލާފައި ބިސްގަނޑަށާއި ސެލެޑްތަކަށް ބުރުވާލަން ވެސް ވަރަށް ރަނގަޅު އެއްޗެކެވެ. އެހެންނަމަވެސް ގަސްފެޅި ކޮންމެ އެޗަކީ ކާން ކަމުދާ އެއްޗެއް ނޫނެވެ. މިސާލަކަށް ގަސް ފަޅާފައިވާ އަލުވީގެ ފެހި ތަނޑިއަކީ ކާން ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫނެވެ. އެއީ އެ ބޭނުން ކުރުމުން ހަށިގަނޑަށް އެތައް އުނދަގޫތަކެއް ކުރިމަތިވާތީ އެވެ.

ފިޔާއިން ގަސް ފެޅުވުމަށް ބޭނުންވާނަމަ، މަޑު ވެލިގަނޑެއްގައި ފިޔާގެ ތިން ބައިކުޅަ ދެބައި ފޮރުވޭ ވަރަށް އިންދާށެވެ. އަދި ވެލިގަނޑު ތެތްކޮށް ބެހެއްޓުމަށް ގަވައިދުން ފެންދޭށެވެ.