މައްކާ (އެޕްރީލް 6) - މި ރަމަޟާން މަހުގެ 27 ވިލޭރޭ ސައުދީ އަރަބިއާގެ މާތްވެގެންވާ މައްކާގެ ހަރަމްފުޅުގައި ކުރި ތަރާވީހް ނަމާދާއި ދަމު ނަމާދުގައި 2.5 މީހުން ބައިވެރިވެފައިވާ ކަމަށް ސައުދީގެ ހައްޖުގެ އެންޑް އުމްރާ މިނިސްޓްރީން ލަފާކޮށްފި އެެވެ.

މި އަހަރުގެ 27 ވިލޭރޭ ދިމާވެފައިވެފައި ވަނީ ހުކުރު ދުވަހުގެ ރެއަކަށް ކަމަށްވާތީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ރޯދަ މަހުގެ އުމްރާ އަށް މައްކާ އަށް ދިޔަ މީހުންގެ އިތުރުން، ސައުދީގެ އެކި ހިސާބުތަކުން ވެސް އިއްޔެގެ ހުކުރު ނަމާދަށާ އެކު މައްކާ އަށް މީހުން ވަނީ ޖަމާވެފަ އެވެ. އިއްޔެ އަކީ މި ރޯދަ މަހުގެ ފަހު ހުކުރު ވެސް މެ އެވެ.

މި ރަމަޟާން މަހުގެ 27 ވިލޭރޭގެ ދަމު ނަމާދަށް މަސްޖިދުއް ހަރަމް ސަރަހައްދު ފުރި ބާރުވެފައި. މިރޭގެ ދަމު ނަމާދަށް އެ މިސްކިތަށް 2.5 މިލިއަނަށް ވުރެ ގިނަ މީހުން ޖަމާވި ކަމަށް ސައުދީ އަރަބިއްޔާގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ލަފާކުރޭ.

އިއްޔެގެ އިރުއޮއްސުނު ވަގުތުން ފެށިގެން މައްކާގެ ހަރަމްފުޅުގެ ނަމާދު ކުރަން އޮންނަ ހުރިހާ ޖާގަތަކެއް ވަނީ ފުރިބާރުވެފަ އެެވެ. އެެހެންވެ ހަރަމްފުޅަށް ދެވެން އޮންނަ މަގުތަކުގައި ވެސް ތަރާވީހް ނަމާދާއި ދަމު ނަމާދުގެ ސަފުތައް ވަނީ ހަދައިފަ އެވެ.

https://www.instagram.com/p/C5eDQHPqcy4/

ރޭގެ ދަމު ނަމާދުގެ ފަހު ރަކުއަތްތަކާއި ވިތުރި އާއި ވިތުރީގެ ދުއާ ކުރެއްވީ ހަރަމްފުޅުގެ އިސް އިމާމް ޑރ. އަބްދުއްރަހްމާން އައް ސުދައިސް އެވެ. ވިތުރީގައި އެމަނިކުފާން ވަނީ 25 މިނިޓަށް ވުރެ ދިގު ވަރަށް އަސަރުގަދަ ދުއާއެއް ކުރައްވައިފަ އެވެ.

މަދީނާގެ ހަރަމްފުޅަށް ވެސް ރޭގެ ތަރާވީހް ނަމާދާއި ދަމު ނަމާދަށް ވަނީ އެތައް މިލިއަން ބަޔަކު ޖަމާވެފަ އެވެ. މަސްޖިދުއްނަބަވީގައި އިމާމުވެ ދަމު ނަމާދު ކުރެއްވީ އެ މިސްކިތުގެ އިސް އިމާމް ޝެއިޚް ހުޛައިފީ އެވެ.