ސްޕެއިންގެ ލަލީގާގައި ރޭ ވެލެންސިއާ އަތުން 2-0 އިން މޮޅުވެ، ރެއާލް މެޑްރިޑް ތާވަލްގެ ދެވަނަ އަށް ޖެހިލައިފި އެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މެޗުގެ 12 ވަނަ މިނިޓުގައި އެ ޓީމަށް ލީޑު ހޯދައިދިނީ ފްރާންސްގެ ފޯވަޑް ކަރިމް ބެންޒެމާ އެވެ. މިއީ މި ސީޒަންގައި ބެންޒެމާ ޖެހި 17 ވަނަ ލަނޑެވެ.

ދެވަނަ ހާފު ނިމެނިކޮށް ރެއާލްގެ ދެވަނަ ލަނޑު ޖެހީ މިޑްފީލްޑަރ ޓޯނީ ކްރޫސެވެ.

މި މޮޅާއެކު ރެއާލް ވަނީ ދެވަނަ އަށް ޖެހިލައި، ތާވަލްގެ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާދެމެދު އޮތް ފަރަގު ފަސް ޕޮއިންޓަށް ކުޑަކޮށްފަ އެވެ. އެކަމަކު ރެއާލް އިން ވަނީ އެތުލެޓިކޯ އަށްުވެރެ އިތުރަށް ދެ މެޗު ކުޅެފަ އެވެ.

ތާވަލްގެ ތިން ވަނައިގައި 46 ޕޮއިންޓާއެކު އޮތީ ބާސެލޯނާ އެވެ. ހަތަރު ވަނައިގައި އޮތީ ސެވިއްޔާ އެވެ. – ބީބީސީ