ފިތުރު އީދުގެ މުނާސަބަތުގައި އުރީދޫއިން ހާއްސަ އޮފާތަކެއް އިއުލާނުކޮށްފި އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދޭ ކުންފުނިން ބުނީ މިއީ ކަސްޓަމަރުންނަށް މި އީދުގައި ރައްޓެހިންނާއި އާއިލާއާ ގުޅުންބަދަހިކުރުމުގައި އުރީދޫއިން ހާއްސަކޮށް ތައްޔާރުކޮށްގެން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހަދިޔާއެއް ކަމަށެވެ. ވީޑިއޯ ކޯލް ކުރުމާއި، ސޯޝަލް މީޑިއާ ނުވަތަ ހަދިޔާއެއް ފޮނުވަން ވިޔަސް އުރީދޫ މެދުވެރިކޮށް މި އީދު ކުލަގަދަކޮށް ފާހަގަ ކުރެވޭނެ މަގު ފަހިވެފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

  • އީދު ޕެކް: އީދު ޕެކް އެކްޓިވޭޓް ކޮށްގެން އަންލިމިޓަޑް ސޯޝަލް މީޑިއާ، ކޯލް އަދި 5 ޖީބީ ޑޭޓާ 2 ދުވަހަށް އެންމެ 50ރ. އަށް.
  • ޗުއްޓީ ޕެކް: އީދު ޗުއްޓީ ޕެކް އެކްޓިވޭޓް ކޮށްގެން 100ޖީބީ އަދި އުރީދޫ އަށް ހިލޭ ގުޅޭނެ. ކަސްޓަމަރުންނަށް މި ޕެކް 3 ދުވަހަށް 100ރ އަށް ނުވަތަ 5 ދުވަހަށް 150ރ. އެކްޓިވޭޓް ކުރެވޭނެ.
  • ގިފްޓް އަ ޕެކް: ޑޭޓާ ޕެކް ރައްޓެއްސަކަށް ނުވަތަ އާއިލާ މީހަކަށް ހަދިޔާ ކުރުމުގެ ފުރުސަތު އުރީދޫ މެދުވެރިކޮށް ފޮނުވާލާ.
  • ޓެކްސްޓް އަ ކޮފީ: އުރީދޫ އެޕް މެދުވެރިކޮށް ރަޢްޓެހިންނަށް ހަދިޔާއެއް ފޮނުވާލައިގެން 1 ޖީބީ ހިލޭ.

އުރީދޫން ބުނީ މި އޮފާތައް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް ލިބޭނެ ކަމަށެވެ.