ދެހާސް ވަނަ އަހަރު އަދިތިޔާ ޗޯޕްޅާގެ "މޮހައްބަތޭން" އިން ބޮލީވުޑަށް ނުކުންނަން ފުރުސަތު ލިބުނު ނަމަވެސް ޝަމީތާއަކީ ބެލުންތެރިންނަށް އެހާ ކަމުދިޔަ ބަތަލާއެއް ނޫނެވެ. އަނެއްކޮޅުން ކެރިއަރުގެ ވަރަށް ކުރީކޮޅު ފިލްމުތަކުން ފުރުސަތު ލިބުން ހުއްޓި، އޭނާ ވަނީ ބޮލީވުޑުން ހަވާސާވެފަ އެވެ.

ޝަމީތާ ގިނަ ބަޔަކު އޭނާ ދަންނަނީ ޝިޕްލާ ޝެޓީގެ ކޮއްކޮގެ ގޮތުގަ އެވެ.

ބަތަލާ ޝަމީތާ މިވަނީ އޭނާގެ ފޭނުންނަށް ތަފާތު ހުނަރެއް ދައްކާލާފަ އެވެ. އެގޮތުން މިފަހަރު ޝަމތާ ދައްކާލީ އޭނާގެ ކުރުހުމުގެ ހުނަރެވެ. އެގޮތުން އޭނާ ވަނީ ކުރެހުމުގެ މަސައްކަތުގެ ތެރޭގައި އުޅެނިކޮށް ނަގާފައިވާ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.

https://www.instagram.com/reel/C57nNwlN8_H/?utm_source=ig_embed&ig_rid=014784f4-c52d-4c40-9480-d149793d0612

ޝަމީތާ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ޒެހެރު"، "މުހައްބަތު ހޯ ގައީ ހެ ތުމްސޭ" އަދި "ކޭޝް" ހިމެނެ އެވެ. މީގެ އިތުރުން އޭނާ ވަނީ ދައްތަ ޝިލްޕާ އެކު "ފަރޭބް" ކިޔާ ފިލްމެއް ވެސް ކުޅެފަ އެވެ.

އޭނަ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ "ދަ ޓެނަންޓް" އިންނެވެ.

ހުސްހަށިބަޔަށް ހުރި ޝަމީތާ ވަނީ އިންޑިއާގެ ބައެއް ރިއަލިޓީ ޝޯތަކުގައި ވެސް ވާދަކޮށްފަ އެވެ. އޭގެ ތެރޭގައި "ބިގް ބޮސް" އާއި "ހަތުރޯން ކޭ ކިލާޅީ" ހިމެނެ އެވެ.