އިންޑިއާއިން އެތެރެކުރާ ދެ ބްރޭންޑެއްގެ ހަވާދުގައި ނުރައްކާތެރި ކެމިކަލެއް ބޭނުންކޮށްފައި ވާތީ އެ ބްރޭންޑުތަކުގެ ހަވާދުގެ ބާވަތްތައް ރާއްޖެ އެތެރެކުރުމާއި ވިއްކުން މިއަދު މަނާކޮށްފި އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރަޓީ (އެމްއެފްޑީއޭ) އިން ނެރުނު އެލާޓުގައި ވަނީ މި ބްރޭންޑުތަކުގެ ހަވާދުގެ ބައެއް ބާވަތްތަކުގައި 'އެތިލިން އޮކްސައިޑް' ހުރިކަމަށް ބުނެ ސިންގަޕޫރުގެ ފުޑް އެޖެންސީންނާއި، ހޮންކޮންގެ ފުޑް ސޭފްޓީ ސެންޓަރުން ވެސް އެ ބާވަތްތައް ބޭނުންނުކުރަން އިލްތިމާސްކޮށްފައިވާ ކަމަށެވެ. އެހެންކަމުން ފިހާރަތަކުގައި ހުރި އެ ހަވާދުތައް ނަގަން އެ އޮތޯރިޓީން ވަނީ އަންގާފަ އެވެ.
އެތިލިން އޮކްސައިޑްއަކީ ދަނޑުވެރިކަމުގެ އުފެއްދުންތައް ފިއުމިގޭޓްކުރަން ބޭނުން ކުރާ ކަމިކަލެކެވެ. ސިއްހަތަށް ކޮށްފާނެ ނޭދެވޭ އަސަރަކަށްޓަކައި މި ކެމިކަލް ކާބޯތަކެތީގެ އުފެއްދުންތަކުގައި ބޭނުންކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ވެސް އެ އެލާޓްގައިވެ އެވެ.
ރާއްޖެއަށް ގިނައިން އެތެރެކުރާ އެ އުފެއްދުންތަކުގެ ހިރާސް ދެނެގަތުމުގެ މަސައްކަތް ފްޑް އެންޑް ޑްރަގް އޮތޯރިޓީން އަންނަނީ ކުރަމުންނެވެ.
އީރާނާ ގުޅޭ ގޮތުން ޓްރަމްޕް ހައްދަވަނީ ދޮގު: ގާލީބާފް
އެސްޖީކަމުގެ ދައުރު ނިމުމުން ރައީސް ނަޝީދު އެނބުރި ރާއްޖެ އަށް
"އެވެންޖާސް: ޑޫމްސްޑޭ"ގެ ފުރަތަމަ ފެނިލުން ދައްކާލައިފި
