ފުލުހުންގެ ޗީފް އިންސްޕެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޒިޔާދު ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް މުހައްމަދު ޒިޔާދު، 44، ނިޔާވީ ގޭގައި ހުއްޓައި ކުއްލިއަކަށް ވެއްޓި، ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

ޒިޔާދު ވަނީ ފުލުހުންގެ ހިދުމަތުގައި 26 ވަރަކަށް އަހަރު ހިދުމަތް ކުރައްވާފަ އެވެ.

ނިޔާވިއިރު އޭނާ ހުރީ ކޮމާންޑު ސެންޓަރުގައި ޑިއުޓީ އޮފިސަރަކަށެވެ. ޒިޔާދު ވަނީ މެރިން ޕޮލިހާއި އެސްއޯ ޑިޕާޓްމަންޓުގައި ވެސް މީގެ ކުރިން މަސައްކަތް ކޮށްފަ އެވެ.

ޒިޔާދު ނިޔާވުމާ ގުޅިގެން ފުލުހުންގެ ހިދުމަތުން މިއަދު ތައުޒިޔާގެ މެސެޖެއް ވެސް އާންމު ކޮށްފައިވެ އެވެ.

ޒިޔާދުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދު އަސުރު ނަމާދަށް ފަހު ހުޅުމާލޭ ސަހަރާ މިސްކިތުގަ އެވެ.