އުރީދޫ މޯލްޑިވްސް އިން ޓިކްޓޮކް އާއެކު ސްޓްރެޓީޖިކް ޕާޓްނާޝިޕެއްގައި ސޮއިކޮށްފި އެވެ.
މިޕާޓްނަޝިޕްގައި ސޮއިކުރުމަށްފަހު އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ވަނީ ރަސްމީކޮށް ޓިކްޓޮކަށް ރާއްޖެއަށް މަރުހަބާ ކިޔާފައިވާ ކަމަށެވެ. މި ޕާޓްނަޝިޕް އިއުލާންކުރީ ރޭ އުރީދޫ ހެޑްކުއާޓާސްގައި ބޭއްވި ހާއްސަ އިވެންޓުގަ އެވެ. މިއާއެކު ރާއްޖޭގައި ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަވެ، އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އުރީދޫ މޯލްޑިވްސްއަކީ ކަސްޓަމަރުންނަށް އާކަންކަން އަދި އީޖާދީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ރާއްޖޭގައި އެންމެ ކުރީ ސަފުގައި ގުނާލެވޭ އެއް ކުންފުންޏެވެ. އުރީދޫ ނެޓްވޯކުގައި ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކަށް ހަލުވި ސްޕީޑުގައި ޓިކްޓޮކް ބޭނުންކުރުމާއި، ސްޓްރީމް ކުރުމާއި، ޝެއާކޮށް އަދި ކޮންޓެންޓް އުފެއްދުމުގައި އިތުރު ފަސޭހަތައް ވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އުރީދޫން ބުނިގޮތުގައި އެ ކުންފުނިން ޓިކްޓޮކަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޕެކްތަކެއް ވެސް މި އިވެންޓްގައި ލޯންޗްކޮށްފައިވެ އެވެ. ރާއްޖޭގައި މިހާރު އުފެދިފައިވާ އަދި އުފެދެމުންދާ ކޮންޓެންޓް އުފައްދާ ފަރާތްތަކަށް މި ޕެކްތަކުގެ ސަބަބުން އިތުރު ލުއިތަކެއް ލިބިގެންދާނެކަން ޔަގީންކުރާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
"އުރީދޫއާއި ޓިކްޓޮކްގެ މި ޕާޓްނަޝިޕަކީ އުރީދޫ ކަސްޓަމަރުންނަށްޓަކައި ފޯރުކޮށްދެމުންދާ އީޖާދީ ޚިދުމަތްތަކާއި ޒަމާނީ ސޮލިއުޝަންތަކަށް އިތުރުކުރެވޭ ބޮޅެއް. ޓިކްޓޮކާއި އެކު، އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ކޮންޓެންޓް އުފެއްދުމަށާއި، އެކަކު އަނެކަކާއި އޮންނަ ގުޅުން ބަދަހިކޮށް، އާކަންތައްތައް ހޯދުމުގައި އުރީދޫ ނެޓްވޯކް މެދުވެރިކޮށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ،" އެ ކުންފުނީގެ ސީއީއޯ ޚާލިދު އަލް-ހަމާދީ ވިދާޅުވި އެވެ.
ކެންސަރުގެ ފަރުވާއާއެކު ވެސް ދީޕިކާ ކެމެރާ ކުރިމައްޗަށް އަންނަނީ!
ކަނޑުގެ 500 މީޓަރު އަޑިން ފެން ނަގަން ސާވޭކޮށްފިން: ފަހުމީ
ސްކޭމްތަކުގައި ގެއްލުނު ފައިސާގެ އަދަދު 15 މިލިއަނަށް
ނިކަން ގިފްޓްޕެކް އަގުހެޔޮކޮށްލަބަ