މި މަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ދިމާކޮށް ހުޅުމާލޭގައި ހަރުކުރި ބެނާތަކާއި ކެންވަސްތައް ނެގުމަށް އެޗްޑީސީން އަންގައިފި އެވެ.
އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މަޖިލިހުގެ އިންތިހާބާ ގުޅިގެން އެ ކޯޕަރޭޝަނުން ހުރިހާ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ހޯދައި ދީފައިވާނެ ކަމަށެވެ. އެގޮތުން ކެމްޕެއިން ބެނާ އާއި ކެންވަސް ޖެހުމަށް ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ ކެންޑިޑޭޓުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބެނާ އާއި ކެންވަސް ޖެހި ކަމަށް އެ ބަޔާނުގައިވެ އެވެ.
ނަމަވެސް މަގުތަކުގައި ޖަހާ ކެންވަސް އާއި ބެނާތަކުގެ ސަބަބުން، މަގު ބޭނުން ކުރާ އާންމުންނަށް ދަތިތަކާ ކުރިމަތިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
އެހެންކަމުން މަޖިލިސް އިންތިހާބުގެ ކެމްޕެއިންގެ ބޭނުމަށް ޖަހާފައިވާ ބެނާތަކާއި ކެންވަސްތައް މިއަދުން ފެށިގެން ކުރިއަށް އޮތް އެއް ހަފްތާ ތެރޭގައި ނެގުމަށް އެޗްޑީސީން އެދިފައިވެ އެވެ.
އިންތިހާބުތަކާ ބެހޭ ގާނޫނުގައިވާ ގޮތުން އިންތިހާބެއް ނިމި 10 ދުވަސްތެރޭގައި ކެމްޕެއިނަސް ހަރުކުރި ޕޯސްޓަރުތަކާ، ދަމާ ބެނާތަކާއި އެހެނިހެން ތަކެތި ނަގަން ޖެހެ އެވެ.
 ރޭސްގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އާ ލަނޑުދަނޑިއެއް
			ރޭސްގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އާ ލަނޑުދަނޑިއެއް
		 މާލެއިން ހިލޭ ގޯތި ދިނުމުން މެންބަރު ހުސެންބެގެ ކަންބޮޑުވުން
			މާލެއިން ހިލޭ ގޯތި ދިނުމުން މެންބަރު ހުސެންބެގެ ކަންބޮޑުވުން
		 ބީޓީއެސް އިންޑިއާއަށް އަންނަނީ!
			ބީޓީއެސް އިންޑިއާއަށް އަންނަނީ!
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					 
					