ރާއްޖެ އަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ށ. ފޯކައިދޫގައި ފެން ބޮޑުވެ ބައެއް ގޭގެއަށް ފެން ވަދެއްޖެ އެވެ.
ފޯކައިދޫ ކައުންސިލުގެ ރައީސް އަހުމަދު އާސިފް ވިދާޅުވީ ރަށުގައި ފެން ބޮޑުވީ މިއަދު މެންދުރު ފަހު ވެހެން ފެށި ވާރޭގައި ކަމަށެވެ. އެގޮތުން ދެ ގަޑިއިރު ވަންދެން ހުއްޓާ ނުލައި ބޯކޮށް ވާރޭ ވެހުނު ކަމަށް އޭނާ ވިދާޅުވި އެވެ.
ފެން ބޮޑުވުމުގެ ސަބަބުން ބައެއް ހިސާބުތަކުގައި ދެ ފޫޓަށް ފެންގަނޑު ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިހާތަނަށް އައިއިރު ފެން ވަދެގެން 15 ގެއަކުން ރިޕޯޓުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ފެން ބޮޑުވި ގެތަކުގައި ހުރި ހިފާ ގެންގުޅޭ ސާމާނަށް ގެއްލުންވެފައިވާ ކަމަށެވެ.
ބޯކޮށް ވާރޭ ވެހިގެން ރޭގައި ކ. ގުރައިދޫގެ 50 އަށް ވުރެ ގިނަ ގެއަށް ފެން ވަދެ ގެއްލުންވެފައިވެ އެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސް ދުވަސްވަރެކެވެ.
"ދްރިޝްޔަމް 3"އަށް 3 ދުވަހުން 100 ކްރޯޑް ރުޕީސް ލިބިއްޖެ
މައިލީއަށް "ހޮޮލީވުޑް ވޯކް އޮފް ފޭމް"ގެ ތަރިއެއް ލިބިއްޖެ
ދެ ހަރަމްފުޅުގައި ކުރެވޭ ކަށު ނަމާދުތަކަށް ގޮވާލެވޭ 4 ގޮތް!