ސްޓާ ޕްލަސް އިން ދައްކާ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި ނައިރާގެ ރޯލް ކުޅެގެން މަގުބޫލުކަން ހޯދި ބަތަލާ ޝިވާންގީ ޖޯޝީ އާއި ޓީވީ އެކްޓަރު ކުޝަލް ޓަންޑަން އެންގޭޖްވި ވާހަކަތައް އެމީހުން ދޮގުކޮށްފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޓީވީ އެކްޓަރުން ކަމަށްވާ ޝިވާންގީ އާއި ކުޝަލް ވަރަށް އަވަހަށް އެންގޭޖްވާން ވިސްނަމުންދެ އެވެ. އެ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އެތަކެއް އަހަރެއް ވެއްޖެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

މީޑިއާގައި ދެކެވޭ ވާހަކަތައް ދޮގުކޮށް ޝިވާންގީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ބުނެފައިވަނީ އޭނާ އާއި ބެހޭގޮތުން ދައްކަމުންދާ ވާހަކަތަކަށް އޭނާ ވަރަށް ލޯބިވާ ކަމަށެވެ. އަދި މީހުން އޭނާ އަށް ވެސް ނޭނގި އޭނާގެ ދިރިއުޅުމުގެ ކަންތައްތައް ނިންމައިއެ ވާހަކަ ދައްކަމުންދާތީ އެކަމާ އަޖައިބުވާ ކަމަށްވެސް އޭނާ ބުންޏެވެ.

ޝިވާންގީ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއް

ކުޝަލް ޓަންޑަން އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މާޝަލް އާޓްސްގެ ތަމްރީނުތަކަށް ތައިލެންޑުގައި ހުއްޓާ އެފަދަ ޚަބަރެއް ފެންމަތިވެދާނެ ގޮތަކާ މެދު ސުވާލު އުފެދޭ ކަމަށެވެ.

ރިޕޯޓުގައިވާ ގޮތުން އެދެމީހުންގެ ގުޅުން ބަދަހިވީ ޖުލައި 2023 އިން ފެބްރުއަރީ 2024 އަށް ގެނެސްދިން ޑްރާމާގައި މަސައްކަތް ކުރަމުން ދަނިކޮށެވެ.

ކުޝަލް އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއް

ޝިވަންގީ ޖޯޝީ މަޝްހޫރުކަން ހޯދީ ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ އިންނެވެ. މީގެ އިތުރުން ބަލިކާ ވާދޫ އާއި ބެކަބޫ ފަދަ ބައެއް ޝޯތަކުން ވެސް އޭނާ ވަނީ ފެނިފަ އެވެ. އަނެއްކޮޅުން ކުޝަލް ޓަންޑަން ފެނިފައިވަނީ ބޭހަދް، ބެބެއަކީ، އެކް ހަޒާރޯން މޭން މެރީ ބެހްނާ ހޭ ފަދަ ޑްރާމާ ސީރީޒްތަކުންނެވެ.