ދިވެހިރާއްޖޭގައި އޮޕަރޭޓުކުރަމުން އަންނަ އިންޑިއާ ސިފައިންގެ ޑޯނިއާ-228 މަރުކާގެ މަތިންދާބޯޓު ދިވެހިރާއްޖޭގައި އޮޕަރޭޓުކުރުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކަރާއި ދެމެދު ވެވިފައިވާ އެއްބަސްވުމުން ހާމަކުރަން ނުޖެހޭ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމައިފި އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެގޮތަށް ނިންމީ އެ އެއްބަސްވުމުގެ ކޮޕީއެއް ހޯދަން "ދިޔަރެސް' ނޫހުގެ ފަރާތުން ޑިފެންސް މިނިސްޓްރީއަށް ހުށަހެޅުމުން އެ މިނިސްޓްރީން އެ މައުލޫމާތު ނުދީގެން އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި އިލްތިމާސް ކުރުމުން، އެ މައްސަލަ ބެލުމަށްފަހު އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިއަދު ނިންމި ނިންމުމުގައި ވަނީ އެ އެއްބަސްވުން ހާމަކުރުމަށްވުރެ ނުކުރުމުން ރައްކާތެރިކޮށްދޭ މަސްލަހަތު ބޮޑު ކަމަށެވެ.
އެއްބަސްވުން ހާމަކޮށްފިނަމަ ރާއްޖޭގެ ސިޔާދަތަށް ގެއްލުން ވާނެ ކަމަށާއި އެއީ ގައުމީ ސަލާމާތާވެސް ގުޅުން ހުރި ކަމެއް ކަމަށް އެ ނިންމުމުގައިވެ އެވެ.
އެ ނިންމުމުގައި ވަނީ އެ އެއްބަސްވުން ހާމަކޮށްފިނަމަ ރާއްޖެއާއި އިންޑިއާ އާ ދެމެދު އޮންނަ ގުޅުމަށް ވެސް އަސަރު ކުރާނެ ކަމަށެވެ.
ޕީއެންއެފްގެ "ފެހި ސިގްނަލް" ޖަލްސާ ސެޕްޓެމްބަރު 10ގައި
އެފްޑީސީ ފްލެޓުތައް ކުއްޔަށް ދިން 11 މައްސަލައެއް ބަލަނީ
ސެންކްޝަން ތަކެތި ރާއްޖެއިން އެކްސްޕޯޓް ކުރާ މައްސަލަ ބަލަނީ
