ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސިއްރިއްޔާތުގައި އެމަނިކުފާނުގެ އަރިސް އެކި ބޭފުޅުންނަށް ގުޅުއްވައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ތާއީދުކޮށްދިނުމަށް އެދިވަޑައިގަންނަން ފަށައިފި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެންމެ ފުރަތަމަ ވާދަކުރައްވާނެކަން އިއުލާންކުރެއްވީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ. އެއަށްފަހު ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ ރިޔާސީ ކެމްޕޭން ފައްޓަވާފަ އެވެ.
ހުޅުމާލެ އުތުރު ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަހްމަދު ޝަމްހީދު ވެސް ވަނީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައި އެކަން އިއުލާންކުރައްވާފަ އެވެ.
ފައިސަލް މިހާތަނަށް ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންނުކުރައްވަ އެވެ. ހުރިހާ ކަމެއް ވެސް ކުރައްވަނީ ސިއްރިއްޔާތުގަ އެވެ.
ފައިސަލްގެ ރަނިންމޭޓަކަށް މާލޭގެ މޭޔަރު އާދަމް އާޒިމް ހަމަޖައްސަން ނިންމި ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
ދާދިފަހުން ރައީސް ސޯލިހާ ބައްދަލުކުރެއްވުމަށްފަހު ފައިސަލް ނުކުމެވަޑައިގަތުމުން "ދައުރު" ނޫހުގެ ނޫސްވެރިޔަކު ވަނީ އެމަނިކުފާނުގެ ތާއީދު ލިބޭނެ ކަމުގެ ޔަގީންކަން ދެއްވިތޯ ސުވާލުކޮށްފަ އެވެ. ނަމަވެސް ރައީސް ސޯލިހުގެ ތާއީދު އޮތް ކަމަކަށް ފައިސަލް ވިދާޅެއްނުވެ އެވެ.
ފައިސަލް ހުރިހާ ކަމެއް ވެސް ސިއްރިއްޔާތުގައި ކުރައްވާތީ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.
"ކީއްވެގެންތޯ ސިއްރިއްޔާތުގައި އެ އުޅުއްވަނީ. ކެރިގެން ފާޅުގައި ނުކުމެ ކެމްޕޭން ކުރައްވަންވީ ނޫންތޯ؟،" އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރަކު ވިދާޅުވި އެވެ.
"ހުރިހާ"އަށް އެނގިފައިވާގޮތުގައި ރައީސް ސޯލިހު ގެންދަވަނީ އެކި ފަރާތްތަކަށް ގުޅައި ފައިސަލްއަށް ތާއީދުކޮށްދިނުމަށް އެދިވަޑައިގަންނަވަމުންނެވެ.
އެމްޑީޕީން 2005 ވަނަ އަހަރު ބޭއްވި ކޮންގްރެސްގައި ފައިސަލް ބައިވެރިވެވަޑައިގަންނަވާ ފޮޓޯއެއް ހުޅުމާލެ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަލީ ނިޔާޒު ސޯޝަލް މީޑިއާގައި ދައުރުކުރި އެވެ. އެއާއެކު ގިނަ ބަޔަކު ބުނީ 15 އަހަރު ޖުމްހޫރީ ޕާޓީގައި ހޭދަކުރެއްވި ބޭފުޅަކު އެމްޑީޕީގެ ހިދުމަތްތެރިއެއްގެ ގޮތުގައި ހެދުމުން ހައިރާންވާ ކަމަށެވެ.
ވެޓެރަން އެކްޓަރު އަނުޕަމްއަށް އޮހާއޯ ސްޓޭޓްގެ ހާއްސަ ޝަރަފެއް!
އެންމެ ފަހުން ކުށަށް އިއުތިރާފްވެ އެޑް ޝީރަން މައާފަށް އެދެފި
އީރާނުގެ އެއާލައިންތައް މާދަމާ ހުއްޓުމަކަށް އަންނާނެ: ބެސެންޓް