މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ އަންހެނުން ހެއިލީ ބީބާ ބަނޑުބޮޑުކަން އިއުލާން ކޮށްފި އެވެ.
މި ދެމަފިރިން މި ޚަބަރު ރަސްމީކޮށް އިއުލާންކޮށްފައިވަނީ އިންސްޓަގްރާމްގަ އެވެ.
މި ދެމަފިރިން މިކަން އިއުލާންކޮށްފައިވަނީ ހެއިލީ ބަނޑުބޮޑުކަމުގެ އަޑުތައް ވަރަށް ގަދަވެފައި ވަނިކޮށެވެ. މި އަޑުތައް ގަދަވެފައިވަނީ ބޭރުތެރޭ އުޅޭއިރު ހެއިލީ ދޫކޮށް ހެދުން އަޅާފައި ހުންނާތީ އެވެ.
ބެލެވޭ ގޮތުގައި ހެއިލީ ބަނޑަށް 4-5 މަސް ވަރު ވެދާނެ އެވެ. އެހެން ކަމުން އޭނާ ވިހާނެ ކަމަށް ބެލެވޭނީ މިއަހަރުގެ ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރުގަ އެވެ.
ހެއިލީ އަދި ޖަސްޓިން ބީބާ ކައިވެނިކޮށްފައިވަނީ ސެޕްޓެމްބަރު 2018 ގައެވެ. ހެއިލީ އަކީ މަޝްހޫރު ސްކިން ކެެއާ ބްރޭންޑް ރޯޑް ސްކިންގެ ފައުންޑަރެވެ.
ނަޝީދާއި ސޯލިހު ބައްދަލުކުރައްވައިފި
ދިރާގުން އައިފޯން 17 ޕްރޯ މެކްސްއެއް ހޯދުމުގެ ރަނުގެ ފުރުސަތު!
ބޭސް ނުލިބޭތީ އެސްޓީއޯއާ އާސަންދަ މަޖިލިހަށް ހާޒިރުކުރަން އެދެފި
ހެއިލީ ބީބާ ބަނޑުބޮޑުތަ؟