ކަލާޒް ޗެނެލުން ގެނެސްދޭ ކާމިޔާބު ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީގެ" ގެ 14 ވަނަ ސީޒަން ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ދެކުނު އެފްރިކާގެ ކޭޕް ޓައުނުންގައި ޝޫޓްކުރާ ސްޓަންޓް ރިއަލިޓީ ޝޯ މި ފަހަރު ވެސް ހޯސްޓް ކުރަނީ މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިފަހަރުގެ ސީޒަން އެހެން އަހަރުތަކާ ހިލާފަށް އެހެން ގައުމެއްގައި ޝޫޓްކުރުމަށް ޝޯ އުފައްދާ ފަރާތުން ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮން ގައުމެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

"ހަތުރޯން ކޭ ކިލާޅީގެ" ގެ 14 ވަނަ ސީޒަން ފެށުމަށް ތައްޔާރުވެފައިވާއިރު މިފަހަރުގެ ސީޒަންގައި ވެސް ގިނަ ސެލިބްރިޓީންތަކެއް ބައިވެރިވާނެ އެވެ.

ހަތުރޯން ކޭ ކިލާޅީ 14 ގައި ފެނިގެންދާނެ ބައިވެރިން

"ހަތުރޯން ކޭ ކިލާޅީ 14" ގެ ބައިވެރިންގެ ތެރޭގައި "ބިގް ބޮސް 13" ގައި ވާދަކޮށް ދެވަނަ އަށް ދިޔަ އާސިމް ރިޔާޒާއި ޓައިގާ ޝްރޮފްގެ ކޮއްކޮ ކްރިޝްނާ ޝްރޮފާއި "ޖަލަކް ދިކްލާ ޖާ 10" ގެ ބައިވެރިއެއް ކަމަށްވާ ޓީވީ އެކްޓަރު ގަޝްމީރު މަހާޖާނީ އާއި "ބިގް ބޮސް 17" ގައި ފެނިގެންދިޔަ އެކްޓަރު ސަމާތު ޖުރެލް އާއި އަބީޝޭކް ކުމާރު ހިމެނެ އެވެ.

މީގެ އިތުރުން "ބިގްބޮސް" އިން ފެނިގެން ގޮސްފައިވާ ޓީވީ ބަތަލާ ޝިލްޕާ ޝިންޑޭ އާއި ނިމްރިތު ކައުރު އަހުލުވާލިއާ އާއި އެކްޓަރު ސާލިން ބަނޮޓް މިފަހަރުގެ ސީޒަންގައި ފެނިގެންދާނެ އެވެ.

މިފަހަރުގެ ސީޒަން ގެނެސްދޭނެ ތާރީހެއް އަދި އިއުލާނުކޮށްފައިނުވެ އެވެ.

ހަތުރޯން ކޭ ކިލާޅީ 14 ގައި ފެނިގެންދާނެ ބައިވެރިން

"ހަތުރޯން ކޭ ކިލާޅީ" އަކީ އެމެރިކާގެ ޝޯ "ފިއާ ފެކްޓާ" ގެ އިންޑިއާގެ ވާޝަނެވެ.

މި ޝޯ އެ ގައުމުން ގެނެސްދެނީ 2008 އިން ފެށިގެންނެވެ. "ހަތުރޯން ކޭ ކިލާޅީ" އިންޑިއާގެ އެންމެ ކާމިޔާބު ޓީވީ ޝޯތަކުގެ ތެރޭގައި ހިމެނޭ ޝޯއެކެވެ.