ޓޭލާ ސްވިފްޓާއި އޭނާގެ ލޯބިވެރިޔާ ޓްރޭވިސް ކެލްސީ ވަރަށް އަވަހަށް އެންގޭޖްވެދާނެ ކަމަށް ދެފަރާތުގެ ގާތް މީހަކު ބުނެފި އެވެ.
މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ އަދި އެމެރިކަން ފުޓްބޯލް ކުޅުންތެރިޔާ ޓްރޭވިސް ލޯބީގެ ގޮތުން ގުޅިފައިވާތާ މިހާރު އަހަރަކަށް ވަނީ އެވެ. އެހެންކަމުން ދެމީހުން ވަރަށް އަވަހަށް އެންގޭޖް ވާނެ ކަމަށް ގާތް މީހަކު ވަނީ އެންޓަޓެއިންޓްމެންޓް ޓުނައިޓްއަށް ކިޔައިދީފަ އެވެ. އަދި އެ ދެ މީހުންނަކީ ވަރަށް ގުޅޭ ދެމީހުން ކަމަށާއި އެކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށް އެ ފަރާތުން ބުނެ އެވެ.
ޓޭލާ ސްވިފްޓް މި ވަގުތު އުޅޭނީ ޔޫރަޕްގައި ޝޯ ދިނުމުގެ ޓުއާ އެއްގަ އެވެ. އަދި މި ޝޯތަކުގައި ވަރަށް ގިނައިން އޭނާގެ ލޯބިވެރިޔާ ބައިވެރިވެ އެވެ.
ޓޭލާ އަކީ އޭނާގެ ލޯބިވެރިންނާ ބެހޭގޮތުން ލަވަ ހެދުމަށް މަޝްހޫރު ލަވަކިޔުންތެރިއެކެވެ.
"އެވެންޖާސް ޑޫމްސްޑޭ"ގެ ފުރަތަމަ ޓީޒާ ދައްކާލައިފި
ދިރާގުން އައިފޯން 17 ޕްރޯ މެކްސްއެއް ހޯދުމުގެ ރަނުގެ ފުރުސަތު!