އޭބީސީ ޖޫހަކީ މައިގަނޑު ތިން މާއްދާއެއް ކަމަށްވާ އެޕަލް، ބީޓްސް އަދި ކެރެޓް ބޭނުންކޮށްގެން ހަދާ އާދައިގެ ނަމަވެސް ބާރުގަދަ ޖޫހެކެވެ.

އާފަލަކީ އެންޓިއޮކްސިޑެންޓް، ހާއްސަކޮށް ވިޓަމިން ސީ އެކުލެވިގެންވާ އެއްޗެކެވެ. މިއީ ދިފާއީ ނިޒާމު ވަރުގަދަކޮށް، އިންފެކްޝަންތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. އޭގެ ތެރޭގައި ގުދުރަތީ ހަކުރު އަދި ފައިބަ ވެސް އެކުލެވިގެންވާއިރު، ރިފައިންޑް ހަކުރުތަކާ ގުޅިފައިވާ ކްރޭޝް އާ ނުލައި ދެމެހެއްޓެނިވި ހަކަތަ ލިބެ އެވެ.

ބީޓްސް އަކީ ފޯލޭޓް، ޕޮޓޭސިއަމް، މެންގަނީޒް އަދި ދަގަނޑު ފަދަ ވިޓަމިންތަކާއި މިނަރަލްސް އެކުލެވިގެންވާ ނިއުޓްރިޝަނަލް ޕަވަހައުސްއެކެވެ. މީގެ އިތުރުން އޭގައި އެކުލެވޭ ނައިޓްރޭޓްސް އިން ލޭ ދައުރުވުން ރަނގަޅުވުމާއި ސްޓެމިނާ އާ ގުޅިފައިވެ އެވެ. މި ގުދުރަތީ ވެސޯޑިލޭޝަން އިފެކްޓްގެ ސަބަބުން ހަކަތައިގެ މިންވަރާއި އެތުލެޓިކް ޕާފޯމަންސް އިތުރުވެދާނެ އެވެ. މީގެ އިތުރުން ބީޓްރޫޓްގައި ބީޓައިން އެކުލެވިގެންވާ އިރު، މިއީ ލިވާގެ ޑިޓޮކްސިފިކޭޝަން ޕްރޮސެސްތަކަށް އެހީތެރިވެދޭ އެއްޗެކެވެ.

ކެރެޓަކީ އަކީ ބީޓާ ކެރޮޓީން އެކުލެވިގެންވާ، ވިޓަމިން އޭ ގިނަ ތަރުކާރީއެކެވެ. ދުޅަހެޔޮ ލޮލުގެ ފެނުން ދެމެހެއްޓުމަށާއި ދިފާއީ ނިޒާމު ހަރުދަނާ ކުރުމަށް ކޮންމެހެން ބޭނުންތެރި އެއްޗެކެވެ. މީގެ އިތުރުން އޭގައި އެންޓިއޮކްސިޑެންޓްސް އާއި ފައިބަރު އެކުލެވިގެންވާ އިރު، އޭގެ ސަބަބުން ދުޅަހެޔޮ ކަން ދެމެހެއްޓުމަށް އެހީތެރިވެެ އެވެ.

ބޭނުންވާ ތަކެތި

  • 2 އާފަލު
  • 2 މީޑިއަމް ސައިޒް ކެރެޓް
  • 2 މީޑިއަމް ސައިޒް ބީޓްރޫޓް

ތައްޔާރުކުރާނެ ގޮތް

މި ޖޫސް ހަދަން ފަސޭހަ ވާނީ ޖޫސާއެއްގަ އެވެ. ހުރިހާ އެއްޗެއް ވެސް މަށާލުމަށް ފަހު، ޖޫސާއަށް ފިޓްވާ ވަރަށް ކޮށާލާށެވެ. އެންމެ ފުރަތަމަ ޖޫސް ކުރާނީ އާފަލުކޮޅުތަކެވެ. ދެން ކެރެޓްކޮޅުތަކެވެ. އެންމެ ފަހުން ބީޓް ރޫޓް ކޮޅުތަކެވެ. ބޭނުންނަމަ ޖޫސް ކޮޅު އިތުރަށް ފުރާނާލައިގެން ބޯލާށެވެ.