ދެ ބާވަތެއްގެ ހުއި ފިލަނޑާ ރާއްޖެ އިން ބޭރަށް އެކްސްޕޯޓު ކުރުން ފިޝަރީޒް މިނިސްޓްރީން މަނާކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ އެކްސްޕޯޓު ކުރުން މަނާ ކުރި ކައްޗަލަ އާއި އަލަނާސި ހުއިފިލަނޑާއަކީ ރާއްޖެ އިން އާންމުކޮށް ނަގާ ދެ ބާވަތުގެ ހުއި ފިލަނޑާ ކަމަށެވެ.
އެ ދެ ބާވާތް ބޭރުކުރުން މަނާކުރީ ކޮންވެންޝަން އޮފް އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީޝީޒް (ސައިޓީސް) މުއާހަދާއަށް ކައްޗަލަ އާއި އަލަނާސި ހުއި ފިލަނޑާ އިތުރު ކުރުމާ ގުޅިގެން ކަމަށް ޝިޔާމް ވިދާޅުވި އެވެ.
މީގެ ކުރިން ރާއްޖެއިން ހުއިފިލަނޑާ ބޭރުކޮށްފައި ވަނީ ބޭރުކުރާ ވަކި ބާވަތްތަކެއް ވަކިން އެނގޭނެހެން ނޫން ކަން ފާހަގަ ކުރައްވައި ޝިޔާމް އެކްސްޕޯޓު ކުރުން މަނާކުރަން ޖެހުނީ އެ ސަބަބާ ހުރެ ކަމަށާއި މިއީ ވަގުތީ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.
ދެހާސް ވިހީގައި ވެސް ސައިޓީސް މުއާހަދާގައި އަލަށް ހިމެނި ހުއިފިލަނޑާގެ ދެ ބާވަތެއް ރާއްޖެއިން ބޭރު ކުރުން މަނާކުރި އެވެ. ނަމަވެސް ފަހުން އެ ދެ ބާވަތުގެ ހުއިފިލަނޑާ ބޭރު ކުރުމަށް ވަކި ހުއްދަތަކެއް ދޫކުރި އެވެ.
ރާއްޖޭގައި ހުއިފިލަނޑާގެ 27 ބާވަތެއް އުޅޭކަމަށް ރިކޯޑު ކުރެވިފައިވާއިރު، އޭގެތެރެއިން ވިޔަފާރި ބޭނުމަށް ނަގައި އުޅެނީ އާންމުކޮށް 15 ބާވަތެކެވެ. ހުއިފިލަނޑާގެ މަސްވެރިކަމަކީ ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތެއް ނަމަވެސް އެކަން ކުރާ މީހުން މިހާރު މަދެވެ.
ދިރާގުން އައިފޯން 17 ޕްރޯ މެކްސްއެއް ހޯދުމުގެ ރަނުގެ ފުރުސަތު!
ކުއްޖަކު މަރާލި17 އަހަރުގެ ކުއްޖާ 13 އަހަރަށް ބަންދުކުރަން ހުކުމް
ބަންކަރިން ހިދުމަތުން ލިބުނީ 282 މިލިއަން ރުފިޔާ: ސައީދު